އަފީފުގެ އެދިވަޑައިގަތުމަކަށް ރައީސް ސޯލިހް ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވި ގޮތުގައި އަފީފް، ރައީސް އޮފީހަށް ވަޑައިގެންނެވީ ރައީސް ސޯލިހާއި ބައްދަލު ކުރެއްވުމަށެވެ. އެ ބައްދަލްވުމަކީ އަފީފް އެދިވަޑައިގެން ބޭއްވެވި ބައްދަލްވުމެއް ކަމަށް ވެސް ވިދާޅުވި އެވެ.

މަޖިލީހުގެ ރިޔާސަތު މިހާރު ބަލަހައްޓަވަނީ މެންބަރު ހަސަން އަފީފް

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު މިހާރު ބަލަހައްޓަވާ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި މިއަދު ބައްދަލު ކުރައްވައިފި އެވެ.

އަފީފްއާ ރައީސް ސޯލިހް ބައްދަލު ކުރެއްވީ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ހުސްވަގުތުކޮޅު އެވެ. ބާރަ ޖަހަނިކޮށް މަޖިލީސް މެދުކަނޑާލެވުމަށް ފަހު އަފީފް ވަނީ ރައީސް އޮފީހަށް ވަޑަައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވި ގޮތުގައި އަފީފް، ރައީސް އޮފީހަށް ވަޑައިގެންނެވީ ރައީސް ސޯލިހާއި ބައްދަލު ކުރެއްވުމަށެވެ. އެ ބައްދަލްވުމަކީ އަފީފް އެދިވަޑައިގެން ބޭއްވެވި ބައްދަލްވުމެއް ކަމަށް ވެސް ވިދާޅުވި އެވެ.

ބައްދަލްވުމުގެ ތަފްސީލް ނުދެއްވާ މިއުވާން ވިދާޅުވި ގޮތުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ހުރަސް އެޅިފައިވާ މައްސަލައާ ގުޅިގެންނެވެ.

މިދިޔަ ތިން ޖަލްސާގައި ވެސް ރިޔާސަތުގައި އިންނެވީ އަފީފެވެ. އަފީފް ރިޔާސަތުގައި އިންނަވަނީ އިތުބާރު ނެތް މައްސަލައަކާއި ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނާއިބު ރައީސް އީވާ އަބްދުﷲ ރިޔާސަތުގައި އިންނެވުމަށް އުޒުރުވެރިވުމުންނެވެ.

މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ބުނާ ގޮތުން ރައީސް ނަޝީދާއި އީވާ އަބްދުﷲ ވަނީ މަޖިލީސް "ހިސާރު" ކޮށްފައެވެ. އަދި މިއަދުގެ ޖަލްސާއަށް ފަހު އަފީފަށް ރިޔާސަތުގައި ނުއިންނެވޭނެ އެވެ. މަޖިލީހުގައި އެންމެ ފުރަތަމަ ދެން ކުރިއަށް ގެންދަން ޖެހޭނީ އީވާގެ އިތުބާރު ނެތް މައްސަލަ އަށް ފަހު ކަމަށް ވެސް އެމްޑީޕީން ބުނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.