ވޯލްޑް ބޭންކް އެހީގެ ތެރޭން ޖުމްލަ 15 މިލިއަން ޑޮލަރު ސަރުކާރު ހާއްސަ ކުރަނީ ކުންފުނިތައް ހަރުދަނާ ކުރުމަށެވެ.
ރާއްޖޭގެ މަސްވެރިކަމަށް ވޯލްޑް ބޭންކުން ދިން 67.8 މިލިއަން ޑޮލަރު (ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ) ގެ އެހީގެ ދަށުން 40،000 މީހުން ތަމްރީނުކުރާނެ އެވެ.
ވޯލްޑް ބޭންކުން ދިން އެހީ އާއި ލޯނު ހިމެނޭ ގޮތަށް ދިން މި ފައިސާގައި ހިމެނެނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމަށް ކޮންމެހެން ބޭނުންވާ އިސްލާހުތައް ގެނައުމާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ވާދަވެރިކަން އިތުރުކުރުމަށް ދިން 67.8 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 1 ބިލިއަން ރުފިޔާ) ގެ ދެ އެއްބަސްވުމެއްކެވެ. މި ލޯނުގައި 40،000 މީހުންނަށް އެހީވުންވެސް ހިމެނެ އެވެ.
މި އެއްބަސްވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އަދި ވޯލްޑް ބޭންކުގެ ފަރާތުން ސޮއިކުރެއްވީ ވޯލްޑް ބޭންކުން ރާއްޖެ، ނޭޕާލް އަދި ސްރީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒެރްވޯސް އެވެ.
ވޯލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ރީތިކަމާއި ގުދުރަތީ މުއްސަނދިކަމުގެ ބޭނުން ހިފައި، ހާއްސަކޮށް ފަތުރުވެރިކަމުގެ ޒަރިއްޔާއިން ރާއްޖޭން ވަނީ ބޮޑެތި ކުރިއެރުން ހޯދާފައިވާ ކަމަށެވެ.