ޓައިގާގެ ބަހަށް ރިތިކް ލަވައެއް ކިޔައިފި

މިފަދަ ގައުމީ ލަވައެއް ރެކޯޑް ކުރާން ހިތްވަރު ލިބުނީ ފިލްމު "ވޯ" ކުޅުނު ކުޅުނު ޒުވާން އެކްޓަރު ޓައިގާ ޝްރޮފްގެ ސަބަބުން ކަމަށް ބުނެ ރިތިކް ވަނީ ޓައިގާ ތައުރީފުކޮށް ޝުކުރު އަދާ ކޮށްފަ އެވެ.

ރިތިކް ރޯޝަން: ގައުމީ ލަވައެއް ކިޔައި ރިކޯޑް ކުރި

ރިތިކް ރޯޝަން އޭނަގެ ލަވަކިޔުމުގެ ހުނަރު ދައްކާލައިފި އެވެ. އިންޑިއާގެ 75 ވަނަ މިނިވަން ދުވަހާ ގުޅުވައިގެން ރިތިކް ވަނީ ލަވައެއް ނެރެފަ އެވެ. އިންޑިއާގެ ވަތަނީ ލަވަ "ވަންދޭ މާތަރަން" ރިކޯޑް ކޮށްފައި ވަނީ ރިތިކުގެ އަޑުންނެވެ.

މި ލަވަ ނެރުނު އިރު ކުރިން ވެސް އޭނާގެ ސުޕަހީރޯ ފިލްމު ސީރީޒް "ކްރިޝް" ގެ ހަތަރު ވަނަ ބަޔަށް ލަވަތަކެއް ރެކޯޑް ކުރާނެ ކަމަށް އޮތީ ބުނެފަ އެވެ.

އޭނާގެ ފުރަތަމަ ލަވަ ދޫކޮށްލަން އިންސްޓަގްރާމަށް ލަމުން ހެޑްފޯނާ އެކީ ލަވަ އަޑުއަހަން ވެސް އެދިފައި ވެއެވެ. އޭނާ ބުނީ "ލަވައެއް ވެސް ކިއުނީ" ކަމަށާއި ކަމުދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

މިފަދަ ގައުމީ ލަވައެއް ރެކޯޑް ކުރާން ހިތްވަރު ލިބުނީ ފިލްމު "ވޯ" ކުޅުނު ކުޅުނު ޒުވާން އެކްޓަރު ޓައިގާ ޝްރޮފްގެ ސަބަބުން ކަމަށް ބުނެ ރިތިކް ވަނީ ޓައިގާ ތައުރީފުކޮށް ޝުކުރު އަދާ ކޮށްފަ އެވެ. އިންޑިއާގެ މިނިވަން ދުވަހާ ދިމާކޮށް ޓައިގާ ވެސް "ވަންދޭ މާތަރަމް" އޭނަގެ އަޑުން ރެކޯޑްކޮށް ނެރެފަ އެވެ.

ރިތިކްގެ އެންމެ އަވަހަށް ދެން ނުކުންނާނީ "ވިކްރަމް ވޭދާ" އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.