މާޓާޓޯއިން ޓޫރިޒަމާއި ފައިނޭންސްގެ ސާވޭއެއް ހުޅުވާލައިިފި

މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ދެމެހެއްޓެނިވި ކުރިއެރުމަށާއި އިތުރަށް ތަރައްގީކޮށް ކުރިއަރުވަން މަޓާޓޯ އިސް ނަގައިގެން މެންބަރުންނާއި ސިނާއަތާ ގުޅުންހުރި ފަރާތްތަކުގެ ވިސްނުން ހޯދާ ސާވޭއެކެވެ.

އައްޑޫގެ ޝަންގްރިއްލާ ރިސޯޓް

ރާއްޖޭގެ ފައިނޭންސާއި ބޭންކިން އަދި ޓޫރިޒަމްގެ ހާލަތު ވަޒަން ކުރަން ސާވޭއް ކުރަން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓްއާ އޮޕަރޭޓާސް (މަޓާޓޯ) އިން ނިންމައިފި އެވެ.

މަޓާޓޯގެ އެ ސާވޭއެއްގައި ބައިވެރި ވާން މެންބަރުންނަށާއި އަދި ގުޅުން ހުރި ފަރާތްތަކަށާއި އާންމުންނަށް މިހާރު ވަނީ ދައުވަތެއް ހުޅުވާލާފަ އެވެ. 

މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ދެމެހެއްޓެނިވި ކުރިއެރުމަށާއި އިތުރަށް ތަރައްގީކޮށް ކުރިއަރުވަން މަޓާޓޯ އިސް ނަގައިގެން މެންބަރުންނާއި ސިނާއަތާ ގުޅުންހުރި ފަރާތްތަކުގެ ވިސްނުން ހޯދާ ސާވޭއެކެވެ. ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ފުރުސަތުތަކުގެ ފުރިހަމަ ތަފުސީލު ހޯދައި އެކަން ކަމަށް ބަލައި ވަކާލާތު ކުރުމާއި އިސް ނެގުމެއް މި ސާވޭން ބައްޓަން ކުރާނެ އެވެ. 

\ސާވާގޭގައި ގިނަ މައުލޫތައް ހިމަނާފައިވާ އިރު ފަތުރުވެރި ކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތުގައި ކުރިޔަށް ގެންދެވިދާނެ ކަމާއި މާލީ އެހީތެރި ކަމުގެ ޕްރޮގްރާމްތަކާއި ސިޔާސަތުތަކުގެ ފައިދާ އާއި މާލީ އިދާރާތަކާއި ފަތުރުވެރި ކަމާ ގުޅުންހުރި ފަރާތްތަކުގެ މެދުގައި އެއްބާރުލުން ދިނުމުގެ ފުރުސަތުތަކާއި ސިނާއަތުގެ ތެރޭގައި ދެމެހެއްޓެނެވި ގޮތެއްގައި މާލީ ކަންކަން ބެލެހެއްޓުމުގެ ކަންކަން ހިނގާ ގޮތުގެ ތަފުސީލު ހޯދާނެ އެވެ.

"... މި ޖަމިއްޔާއން ބާރު އަޅަނީ ހުރިހާ މެންބަރުންނާއި ސިނާއަތާ ގުޅުހުން ހުރި ފަރާތްތަކާއި އާންމުންގެ ތެރެއިން ވީހާވެސް ގިނަ ބަޔަކު މި ސާވޭގައި ބައިވެރެވެ ތަޖުރިބާ އާއި ހިޔާލުތައް ހިއްސާ ކުރުމަށެވެ." މަޓާޓޯގެ ބަޔާނެއްގައި ބުނެފައި ވެއެވެ. "އެއްކުރާ މައުލޫމާތުގެ ބޭނުމަކީ ފާގަތި މުސްތަގުބަލަކަށް އަމާޒު ކޮށްގެން ހައްލުތައް އެކުލަވައިލުމާއި ސިނާއަތުގައި ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅު ކުރަންޖެހޭ ކަންކަން ފާހަގަ ކުރުމާއި ކަމާބެހޭ ފަރާތްތަކާއެކު މައުލޫމާތު ބަދަލު ކުރުމާއި އަދި މުހިންމު މައްސަލަތައް ހައްލު ކުރުމުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރުމެވެ،"  

ސާވޭގައި ބައިވެރިވާ ފަރާތްތަކުގެ ސިއްރު ދަމަހައްޓައި މައުލޫމާތު ތަހުލީލު ކުރާނީ ނަން ނުހިމަނަ އެވެ. ސާވޭގައި ބައިވެރިވާން މި ފޯމް ހުށަހެޅޭނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.