ރާއްޖޭގައި ޑިޖިޓަލް ހަލާލް ސިސްޓަމް ގާއިމުކުރުމަކީ އުންމީދެއް: މިނިސްޓަރު

މި ގޮންޖެހުންތަކުން އަރައިގަތުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި ސެރޫނާއީ އީ ކޮމާސް ގުޅިގެން ރާއްޖޭގައި ޑިޖިޓަލް ހަލާލް ނިޒާމެއް ގާއިމު ކުރުމާ ގުޅޭ ގިނަ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހި

ކައިރި މުސްތަގްބަލެއްގައި ރާއްޖޭގައި ޑިޖިޓަލް ހަލާލް ސިސްޓަމް ތައާރަފު ކުރެވިގެން ދިއުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށް މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ "ހަލާލް އިކޯ ސިސްޓަމް ޑިވެލޮޕްމަންޓް 2023" ގެ ނަމުގައި އިއްޔެ ކުރިއަށް ގެންދިޔަ ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްވަމުންނެވެ.

ރާއްޖޭގައި ހަލާލް ސެޓްފިކެޓް ދޫކުރުމުގެ މަސައްކަތް ފަށާފައިވަނީ 2014 ވަނަ އަހަރުގެ އޭޕްރިލް މަހު ކަން ފާހަަގަކުރައްވާ މިހާރު ހަތް ކުންފުންޏަކުން މި ހި ދުމަތް ލިބިގަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެކްސްޕޯޓްކުރާ މަހުގެ ތަފާތު ބާވަތްތަކުގެ 100 އަށް ވުރެ ގިނަ އުފެއްދުންތަކަށް ހަލާލު ސެޓްފިކެޓް ދޫކުރެވުނު ކަމަށް ވިދާޅުވި އެވެ.

މިއީ ކުރިއެރުމެއް ކަމުގައިވީ ނަމަވެސް އުފެއްދުންތަކަށް ރާއްޖޭގެ ހަލާލް ސެޓްފިކެޓް ދިނުމުގައި ވަރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ އެކްސްޕޯޓް އަދި އިމްޕޯޓްކުރާ އުފެއްދުންތަކުގައި ހުންނަ ތަކެތި ބަލައި ތަހްލީލު ކުރާނެ ލެބޯޓްރީ އެއް ރާއްޖޭގައި ނެތް ކަމަށެވެ. އަދި އެފަދަ އުފެއްދުންތަކުގެ ލެބޯޓްރީ ޓެސްޓް ހެދުމަށް ތަމްރީނު ލިބިފައިވާ ފަންނީ ބޭފުޅުން މަދު ކަމަށާއި ރާއްޖޭގައި ހަލާލް ސެޓްފިކެޓާ މެދު އޮންނަ ހޭލުންތެރިކަން އާންމުގެ ތެރޭގައި މަދުކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި މި ކަމަށް ހާއްސަ ގާނޫނީ އޮނިގަނޑެއް ނެތުން ފަދަ ކަންކަމަކީ ހުރި ގޮންޖެހުން ތައްކަމުގައި މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވި އެވެ.

މި ގޮންޖެހުންތަކުން އަރައިގަތުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި ސެރޫނާއީ އީ ކޮމާސް ގުޅިގެން ރާއްޖޭގައި ޑިޖިޓަލް ހަލާލް ނިޒާމެއް ގާއިމު ކުރުމާ ގުޅޭ ގިނަ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި މަޝްވަރާ ތަކުގެ ތެރޭގައި ރާއްޖެއަށް އެކްސްޕޯޓް ކުރާ ތަކެތި ޑިޖިޓަލައިޒްޑް ސިސްޓަމަކުން ޓްރެކްކޮށް ޓެސްޓްކޮށް މޮނިޓަރު ކުރެވޭނެ ކަމަށެވެ. އަދި ލެބޯޓްރީ އެއް ގާއިމު ކުރުމުގެ އިތުރުން ސިނާއަތާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ ތަމްރީނުތައް ކުރިއަށް ގެންދިޔުމުގެ މަޝްވަރާތައްވެސް ކުރިއަށް ގެންދެވިފައިވާ ކަމަށެވެ.

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ގެ އެހީތެރި ކަމާއިއެކު ކުރިއަށް ގެންދެވޭ މި މަސައްކަތްތަކުގެ ދަށުން އުންމީދަކީ ކައިރި މުސްތަގުބަލެއްގައި ރާއްޖޭގައި ޑިޖިޓަލް ހަލާލް ސިސްޓަމް ތައާރަފު ކުރެވިގެން ދިއުން ކަމަށް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.