ވެލްޑިން ކުރުމުގެ ތެރޭގައި މީހުނަށް އަނިޔާވެ، ފިހޭ ހާދިސާތައް އަދިވެސް މަދެއް ނުވެއެވެ. ދޭތެރެ ދޭތެރެއިން އެފަދަ ހާދިސާތައް އެކި ސަރަހައްދުތަކުން އާދެ އެވެ.
އުތުރުގެ ހއ. ހޯރަފުށީގައި ރެސިން ހުސްކުރި ފީފާއެއް ގޮވައި މީހަކަށް އަނިޔާ ވެއްޖެ އެވެ.
މި ހާދިސާ ހިނގީ ރެސިން ހުސްކުރި ފީފާގެ މަތީގައި ބާއްވައިގެން ދަނގަނޑުތަކެއް ވެލްޑިން ކުރަނިކޮށް ހޫނު ގަދަވެ ފީފާ ގޮވައިގެނެވެ. އެ ފީފާ ގޮވުމާ ގުޅިގެން އެ މީހާގެ ހަށިގަނޑުން ބައެއް ފިހިފައި ވެއެވެ.
މިއަދު ހަވީރު 5:30 އެހާކަންހާއިރު އެ ރަށުގައި ފިހުނީ ހޯރަފުށީ ސެގޯފާ، އަހުމަދު މޫސާ އެވެ. އޭނާ އަކީ ވެލްޑިން މަސައްކަތް ކުރިންސުރެ ކުރަމުން އަންނަ މީހެކެވެ.
ފީފާ ގޮވުމުގެ ސަބަބުން ފިހުނު މީހާ އަށް ފަެރުވާ ދިނުމަށް މިހާރު ވަނީ ކުޅުދުއްފުއްޓަށް ގެންގޮސްފަ އެވެ.