އެމްބާޕޭގެ އެއްބަސްވުން އާ ނުކޮށްފި ނަމަ ޕީއެސްޖީން ބަލަނީ ބޮޑު އަގެއް ލިބޭ ގޮތަށް ވިއްކާލާށެވެ. ޗެލްސީ އާއި ނިއުކާސަލްއިން އެމްބާޕޭއަށް ފާރަލަ އެވެ.
ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ޒުވާން ތަރި، ކީލިއަން އެމްބާޕޭ އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުން ދެން އާ ނުކުރާނެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ގިނަ ރިޕޯޓްތައް ބުނާ ގޮތުން އެމްބާޕޭ ވަނީ އެކަން ކްލަބަށް އަންގާފަ އެވެ. މިހާރު އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫނަށެވެ.
މި ސީޒަނުގައި ޕީއެސްޖީއަށް ވަނީ އެތެރޭގެ ގިނަ މައްސަލަތަކެއް ދިމާވެފަ އެވެ. ސީޒަން ނިމުމާއެކު އާޖެންޓީނާ ތަރި ލިއޮނެލް މެސީ އާއި ސްޕެއިން ޑިފެންޑަރު ސާޖިއޯ ރާމޯސް ވަނީ ކްލަބް ދޫކޮށްލާފަ އެވެ. ބްރެޒިލް ތަރި ނޭމާ ވެސް ހުރީ ޕީއެސްޖީ ދޫކޮށް ދާން ތައްޔާރު ވެގެނެވެ.
އެމްބާޕޭ އެއްބަސްވުން އާ ކުރަން ބޭނުން ނުވި ނަމަވެސް އެމްބާޕޭ ބަހައްޓަން ޕީއެސްޖީން ބޭނުން ވެއެވެ.
އެމްބާޕޭގެ އެއްބަސްވުން އާ ނުކޮށްފި ނަމަ ޕީއެސްޖީން ބަލަނީ ބޮޑު އަގެއް ލިބޭ ގޮތަށް ވިއްކާލާށެވެ. ޗެލްސީ އާއި ނިއުކާސަލްއިން އެމްބާޕޭއަށް ފާރަލަ އެވެ.