އެޑްވަޓޯރިއަލް

މާލެ އޭރިއާއަށް ބޮޑު ބަދަލެއް ގެނައި ކުޑަގިރި ޑެސްޓިނޭޝަން

ގުޑަގިރީގައި ބާއްވާ އިވެންޓުތަކުގެ ގިނަ ހިދުމަތްތަކެއް މިހާރު ލިބެން ހުރެ އެވެ. އެކަމުގެ އިންތިޒާމުތައް އާބަންކޯއިން ފުރިހަމަކޮށްދެ އެވެ.

ކުޑަގިރީގައި އޮތް އިވެންޓެއް : އާއިލާއެއްކޮށް ގޮސްލަން ވެސް މި ރަށް ހިތްގައިމު

ބޯ ހާސްވުމުން ބޯހަމަ ޖައްސާލަން ދާނެ ތަނެއް ނެތުމުގެ ފިކުރުން މާލެ ސަރަހައްދުގެ ގިނަ ބަޔަކު ސަލާމަތްވީ 
މާލޭ އޭރިއާގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށްގެން އަބަން ގެޓްއަވޭއެއްގެ ގޮތުގައި ތަރައްގީ ކޮށްފައިވާ ކުޑަގިރި ހުޅުވުމުންނެވެ. އެ ރަށް ހުޅުވުމަށް މިއަދަށް ހަތަރު މަސް ވެފައި ވެއެވެ. 

އައި ބަދަލަކީ ކޮބައި ހެއްޔެވެ؟ އެތަނަށް ދިވެހިން ޝައުގުވެރިވޭ ހެއްޔެވެ؟  މި ރަށުގައި ބޮޑެތި ކޯޕަރޭޓް އިވެންޓުތައް ބާއްވަން ފުރުސަތު ލިބޭނެ ހެއްޔެވެ؟ 

ގުޑަގިރީގެ ހުޅުވުމަށް ހަތަރު މަސް ވެފައިވާއިރު ހަފުތާ ބަންދުތަކުގައި އައިލާތަކާއި ރަހުމަތްތެރިންގެ ގްރޫޕްތައް ކުޑަގިރީގެ ޓެންޓުތަކާއި އަށިތަކުގެ އިތުރުން ރޭގަނޑު ގަޑީގެ ބާބަކިއުތަކާއި ބީޗް ޑިނާ ތަކަށް ވެސް އެތަނަށް ދާ މީހުން މިހާރު މަދެއް ނޫނެވެ. 

މާލެ ސަރަހައްދުގައި އާންމުނަށް ދަތުރު ގޮސް އުޅެވޭނެ ހިތްގައިމު މާހައުލަކަށް ކުޑަގިރިވެފައިވާއިރު، އެތަނުން ލިބޭ ޚިދުމަތްތަކީ ހަމައެކަނި އެއީއެއް ނޫނެވެ. ގިނަ ވަސީލަތްތަކާއި ފަސޭހަތަކާއި އެކު ޕްލޭން ކުރެވި ތަރައްޤީ ކުރެވިފައިވާ ކުޑަގިރި ބަލަހައްޓަމުން ގެންދާ އަބަންކޯ އިން އަބަދު ވެސް މަސައްކަތް ކުރަމުން ދަނީ، ކުޑަގިރިން ލިބިދޭ ހިދުމަތްތައް އިތުރުކޮށް، ފެންވަރު އިތުރަށް ރަނގަޅު ކުރުމަށެވެ.

ޒަމާނީ ވަސީލަތްތަކާއި އެކު ތަރައްގީކޮށްފައިވާ ކުޑަގިރި އަކީ ހަފްލާތަކާއި، ޕާޓި އަދި ކޯޕަރޭޓް އިވެންޓުތައް ބޭއްވުމަށް ވެސް ދެވަނައެއް ނެތް ތަނެކެވެ.

ކޯޕަރޭޓް ބޮޑެތި އިވެންޓުތަކުގެވެސް މަންޒިލެއް

ކުޑަގިރީގައި ބޭއްވި ކޯޕަރޭޓް އިވެންޓެއް

 ކުޑަގިރި ހުޅުވައިގެން މިވީ ކުޑަ ދުވަސްކޮޅު ތެރޭގައި ވެސް ރާއްޖޭގައި ހިންގަމުން އަންނަ ގިނަ ކުންފުނިތަކުގެ ހަފްލާތަކާއި އަހަރީ ޖަލްސާ ފަދަ ބޮޑެތި އިވެންޓުތައް ވަނީ ކުޑަގިރީގައި ބާއްވާފަ އެވެ. އެގޮތުން މިވީ ހަތަރު  ތެރޭގައި ޖުމްލަ 10 ބޮޑު ކޯޕަރޭޓް އިވެންޓު ކުޑަގިރީގައި ވަނީ ބާއްވާފަ އެވެ. އޭގެ ތެރޭގައި މި ކުންފުނީގެ އަހަރީ އިވެންޓާއި، ދިރާގު އަދި ވެމްކޯގެ އަހަރީ އިވެންޓުގެ އިތުރަށް އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި އިވެންޓަކާއި  މި ނޫން ވެސް އެކި ކުންފުނިތަކުގެ ޓީމް ބިލްޑިން އިވެންޓުތައް ވެސް ހިމެނެއެވެ. 

އިވެންޓުތަކުގެ ގިނަ ހިދުމަތްތަކެއް

ކުޑަގިރީގައި ބޭއްވި ކޯޕަރޭޓް އިވެންޓެއްގައި ހަވާ އަރުވަނީ

ބޮޑެތި ކޯޕަރޭޓް އިވެންޓުތަކަށް ކުޑަގިރިން ފުރުސަތު ހުޅުވާލާފައިވާއިރު، މިފަދަ އިވެންޓުތައް ބޭއްވުމަށް ކުޑަގިރީގެ އިވެންޓް ސްޕޭސްގެ އިތުރަށް ގިނަ އެހެން ހިދުމަތްތައް ވެސް ފޯރުކޮށްދޭނެ އެވެ. އޭގެ ތެރޭގައި އިވެންޓް ޕްރޮޑަކްޝަން އިން ފެށިގެން ގޮސް ސެޓަޕް އާއި އިވެންޓަށް ބޭނުންވާ މިފަދަ ހުރިހާ ބޮޑެތި ހިދުމަތްތަކެއް ކުޑަގިރި ޓީމުން ފޯރުކޮށްދޭނެ އެވެ.

ކުޑަގިރީގެ މައިގަނޑު ޓާގެޓަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ އާންމުންނާއި އާއިލާތަކަށް ހިތްގައުމު މާހައުލެއް ފޯރުކޮށްދިނުން ކަމަށްވާއިރު އިވެންޓުތައް ބޭއްވުމުގެ ފުރުސަތު އެ ފަރާތްތަކަށް ވެސް ވަނީ ހުޅުވާލެވިފަ އެވެ. އެގޮތުން އުފަންދުވަހުގެ ޕާޓީތަކާއި، އެކި ކަހަލަ އާއިލީ އެއްވުންތަކަށް ވެސް ކުޑަގިރި ބުކް ކޮށް، އިވެންޓް ސްޕޭސް އެއްގެ ގޮތުގައި ވެސް ބޭނުންކުރެވޭނެ އެވެ.
އިވެންޓުތައް ބާއްވަން ބޭނުންވާ ފަރާތަށް އެކަމަށްޓަކާ ބޭނުންވާ ޓްރާސްޕޯޓް ޚިދުމަތާއި އެހެނިހެން ވެސް ޚިދުމަތްތައް އެ ފަރާތްތަކަށް ލިބިގެންދާނެއެވެ.

ކުޑަގިރީގައި އިވެންޓުތައް ބާއްވަން ބޭނުންވާ ފަރާތްތަކުން sales@kudagiri.mv އަށް މެއިލް ކުރައްވައިގެން ބުކް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.