މުގުނީ ސުވާލު ނުކުރުމުން ރިޔާސަތުން އެންގެވީ "ދެން ޖެހޭނީ ވަޒީރު އެހެން ދުވަހަކު ހާޒިރު ކުރަން" ކަމަށެވެ. އެއާއެކު މިނިސްޓަރު ނަހުލާ ވަނީ މަޖިލީސް ދޫކުރައްވާ ވަޑައިގެންފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ކުރައްވާ ސުވާލުތަކަށް ޖަވާބު ދެއްވަން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވަޑައިގެން އިންނަވަނިކޮށް ޖަލްސާގައި އަޑުގަދަކޮށް މަޖިލީހުގެ ނިޒާމް ގެއްލުވުވާލުމުން މިނިސްޓަރު ނަހުލާއާ ސުވާލު ކުރެއްވޭ ގޮތް ނުވެ، އެކަމަނާ ޖަލްސާ ދޫކުރައްވައި ވަޑައިގެންފި އެވެ. އެކަމަނާ ވަޑައިގަތީ ރިޔާސަތުން އެ ހުއްދަ ދެއްވުމުންނެވެ.
ނަހުލާ މަޖިލީހަށް ވަޑައިގަތީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުގުނީ ކުރައްވަން ބޭނުންފުޅުވެ ހުށަހެޅުއްވި ސުވާލަކާއި ގުޅިގެންނެވެ. އޭނާ ކުރައްވާ ސުވާލު ކުރައްވަން އޮތީ ކާޑެއްދޫ އެއާޕޯޓްގެ ތަރައްގީ ޕްލޭނާއި އެ އެއާޕޯޓްގެ މަސައްކަތް ފެށޭނެ ތާރީހަކާ ބެހޭ ގޮތުންނެވެ.
ސުވާލަށް ފުރުސަތު ދިނުމުގެ ކުރިން މަޖިލީހުން ވަނީ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ކުރީގެ މަޖިލިސް މެންބަރު އަބްދުﷲ ޖަމީލް އަވަހާރަވުމާ ގުޅިގެން ހިމޭންކަމުގެ ސުކޫތުކޮޅެއް ގެނެސްފަ އެވެ.
އޭގެ ފަހުން މިނިސްޓަރާ ސުވާލު ކުރަން ފުރުސަތު ދިނުމާއެކު ރިޔާސަތުގައި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ރިޔާސަތުގައި އިންނެވުމުން އެ ސުވާލު ކުރަން މުގުނީ ވަނީ ނިޒާމީ ނުކުތާ ނަންގަވާފަ އެވެ. އޭގެ ފަހުން ސުވާލު ކުރަން ފުރުސަތު ދިނުމުން ވެސް އެ ސުވާލަށް ވުރެ ރިޔާސަތުގައި ހަސަން އަފީފް އިންނެވި ސަބަބުން އެނގުން މާ މުހިންމު ކަމަށް ވިދާޅުވެ މުގުނީ އާއި ސަރުކާރަށް ނިސްބަތްވެ ވަޑައިގަންނަވާ ނިޒާމީ ނުކުތާ ނަންގަވަމުން ގެންދެވި އެވެ.
މުގުނީ ސުވާލު ނުކުރުމުން ރިޔާސަތުން އެންގެވީ "ދެން ޖެހޭނީ ވަޒީރު އެހެން ދުވަހަކު ހާޒިރު ކުރަން" ކަމަށެވެ. އެއާއެކު މިނިސްޓަރު ނަހުލާ ވަނީ މަޖިލީސް ދޫކުރައްވާ ވަޑައިގެންފަ އެވެ.