ކާޑެއްދޫ އެއާޕޯޓް ހިންގަނީ ނަހުލާގެ ފިރިކަލުން ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިންނެވެ. ކާޑެއްދޫ އެއާޕޯޓް، ވިލާއާ ހަވާލުކުރީ ރައީސް ޔާމީންގެ ވެރިކަމުގައި 2013 ވަނަ އަހަރު އެވެ.
ކާޑެއްދޫ އެއާޕޯޓުގެ ތަރައްގީ ޕްލޭނާއި އަމަލީ މަސައްކަތް ފެށޭނެ ތާރީހެއް ސާފު ކުރުމަށް ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މާދަމާ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމަށް އެޖެންޑާގައި ހިމަނައިފި އެވެ.
ނަހުލާއާ ސުވާލު ކުރުމަށް ހުށަައަޅާފައި ވަނީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ އެވެ. މުޣުނީ ސާފު ކުރައްވަން ހުށައަޅާފައި ވަނީ ކާޑެއްދޫ އެއާޕޯޓުގެ ތަރައްގީ ޕްލޭން އަކީ ކޮބައިތޯ އާއި އަމަލީ މަސައްކަތް ފެށޭނެ ތާރީހަކީ ކޮބައިތޯ އެވެ.
ކާޑެއްދޫ އެއާޕޯޓް ހިންގަނީ ނަހުލާގެ ފިރިކަލުން ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިންނެވެ. ކާޑެއްދޫ އެއާޕޯޓް، ވިލާއާ ހަވާލުކުރީ ރައީސް ޔާމީންގެ ވެރިކަމުގައި 2013 ވަނަ އަހަރު އެވެ. ވިލާއަށް އެއާޕޯޓް ހަވާލުކުރީ 50 އަހަރުގެ މުއްދަތަކަށެވެ.
ނަމަވެސް 2017 ވަނަ އަހަރު އެއްބަސްވުން ބާތިލުކޮށް ވިލާ އަތުން އެއާޕޯޓް އަތުލީ އެވެ. އެ މައްސަލަ ވިލާއިން ޝަރީއަތަށް ގެންދިޔަ އެވެ. އެ މައްސަލަ ނިމުނީ ވިލާ ކޮޅަށެވެ. ސިވިލް ކޯޓާއި ހައިކޯޓާއި ސުޕްރީމް ކޯޓުން ވެސް ނިންމީ އެއްބަސްވުން ބާތިލު ކުރީ ގޯސްކޮށް ކަަމަށެވެ. އެއީ 2018 ވަނަ އަހަރު އެވެ.
ނަމަވެސް މިދިޔަ އަހަރުގެ ނިޔަލަށް މި ސަރުކާރުންވެސް އެ ނިންމުން ތަންފީޒު ނުކޮށް އޮތީ އެވެ. ކާޑެއްދޫ އެއާޕޯޓް ހިންގުން ވިލާ ކުންފުންޏާ ހަވާލުކުރީ މާޗް 1، 2022 ގައެވެ. އެ ދުވަހާއި ހަމައަށް އެއާޕޯޓް ހިންގީ ރީޖަނަލް އެއާޕޯޓުންނެވެ.
ވިލާއިން އެއާޕޯޓް ހިންގާތާ އަހަރު ދުވަސްވެފައިވާއިރު އެއާޕޯޓަށް ގެނައި މުހިންމު ބަދަލެއް އެ ކުންފުނިން ހާމައެއް ނުކުރެއެވެ.