ނައީމާގެ މަރާއި ގުޅިގެން ތިން މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެއީ މަނަދޫއަށް ނިސްބަތްވާ ތިން ޒުވާނުންނެވެ. 23 އަހަރުން ދަށުގެ ތިން ޒުވާނުންނަކީ މަސްތުވާތަކެތި ބޭނުން ކުރުމުގެ ތުހުމަތު އޮތް މީހުންނެވެ.
ނ. މަނަދޫގައި އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އެރަށު އަންނާރުމާގޭ ނައީމާ މޫސާ، 62، ގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އަބްދުލްވާހިދު ރިފާސް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފި އެވެ.
ނައީމާގެ މަރާއި ގުޅިގެން ތިން މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެއީ މަނަދޫއަށް ނިސްބަތްވާ ތިން ޒުވާނުންނެވެ.
މި މީހުންގެ ބަންދާއި ގުޅޭގޮތުން ފުލުހުން މިއަދު ބުނީ އަހްޒަމް އަބްދުލްޝަކޫރު ހައްޔަރުކޮށް ފުރަތަމަ ބަންދުގައި ހުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި ކަަމަށެވެ. އެ މައްސަލައިގެ ތުހުމަތުގައި 14 ދުވަހުގެ ބަންދެއްގައި ހުއްޓެވެ. އެ ފަހުން މިހާރު އޭނާ ހުރީ ނައީމާގެ މަރުގެ ތުުހުމަތުގައި ބަންދުގައެވެ.
ކޯޓުން އޭނާގެ ބަންދަށް ދިނީ ފަސް ދުވަހެވެ.
މަނަދޫ އިން ހައްޔަރުކުރި ރިފާޝްގެ ބަންދަށް މުއްދަތު ޖަހަން ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރު ދީފައެވެ.
ދެން މި މައްސަލާގައި ހިމެނޭ ހުސައިން ފަވާޒް ހައްޔަރުކުރީ މަނަދޫގައި ހުރެފައި މާލެ އައިސް އުޅެނިކޮށް މާލެއިންނެވެ. އޭނާގެ ބަންދަށް ކޯޓުން ދިނީ 30 ދުވަހުގެ މުއްދަތެވެ.
ނައީމާގެ މަރުގެ މައްސަލާގައި ކުރިއެރުންތަކެއް ނުލިބި ވަނިކޮށް ފުލުހުންގެ ތަހުގީގަށް މުހިންމު މައުލޫމާތުތަކެއް ލިބުނީ މަސްތުވާތަކެތީގެ މައްސަލައެއްގައި އަހްޒަމް ހައްޔަރު ކުރުމުންނެވެ. ނަމަވެސް އަހްޒަމް ހައްޔަރު ކުރިއިރު އޭނާއާ ނައީމާގެ މަރާ ގުޅުމެއް އޮތް ކަމުގެ އެއްވެސް ހެއްކެއް ލިބިފައި ނެތް ކަމަށް ވެއެވެ.
ނައީމާގެ މަރާ އޭނާއާ ގުޅުމެއް އޮތް ކަަމަށް ތުހުމަތު ވީ ތަހުގީގުގައި ދެއްކި ވާހަކަތަކަކުންނެވެ. ފަހުން އޭނާ ވަނީ ކުށައް އިއުތިރާފުވެ ކަން ހިނގާދިޔަ ގޮތް ކިޔާދީފައެވެ. އަނެއް ދެ ޒުވާނުން ހައްޔަރު ކުރީ އޭނާ ދިން މައުލޫމާތުގެ އަލީގައެވެ.
މިތަކެތި ހޯދީ ވަޅުގަނޑެއް ކޮނެ އެތަކެތި އަޅާ، އަންދާލުމަށްފަހު ފަސްއަޅާ ފޮރުވާފައިވަނިކޮށެވެ. ސީޕީ ވިދާޅުވި ގޮތުގައި އެތަން ކޮނެ އެތަކެތި ވަނީ ނަގާފަ އެވެ.
ނައީމާ ދިރިއުޅޭ ކޮޓަރީގައި އޭނާ މަރާލާފައި އޮއްވާ ފެނުނީ ގިނަ ޒަހަމްތަކާއެކު އެވެ. ގައިގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ގިނަ ހަމަލާތަކެއް ދީފައިވާއިރު، ޖިންސީ ގުނަވަނަށް ވެސް ހަމަލާ އަމާޒުވެފައިވާކަމަށް އަޑުފެތުރިފައިވެ އެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ އޭނާގެ ހަބަރެއް ނުވާތާ ދެ ދުވަހެއް ވެގެން އެ ރަށުގެ ބައެއް މީހުންނާއެކު ފުލުހުން އެގެއަށް ވަދެ ބެލުމުންނެވެ.
ޒާތްޒާތުގެ ފޮޓޯ ޖަހައިގެން --މިނަލްސް ޕްރޮމޯޓު ކުރާން ނަހަދާ. މިއުޅެނީ މީހަކު މަރައިގެން. އިތުރަށް ފަސާދަ ކުރަނީ.