މަރަދޫ ހިއްކާ ސަރަހައްދުން ވެލި ނަގާތީ އިންޒާރު ދީފި

މަރަދޫ އަވަށު އޮފީހުން ބުނީ ހިއްކާ ސަރަހައްދަށް އަޅާފައިވާ ވެލިގަނޑުން ވެލި ނަގަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެއީ މަނާކަމެއްކަން ވެސް ހަނދާން ކޮށްދީފައިވެއެވެ.

އައްޑޫ ސިޓީ މަރަދޫ ހިއްކާ ސަރަހައްދު

އައްޑޫ ސިޓީ މަރަދޫ ހިއްކާ ސަރަހައްދަށް އަޅާފައިވާ ވެލި ނަގާތީ ކައުންސިލުން އިންޒާރު ދީފި އެވެ.

އައްޑޫ ބިން ހިއްކުމުގެ ބޮޑު މަޝްރޫއު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިފްތިތާހު ކޮށްދެއްވީ މި މަހުގެ ތިންވަނަ ދުވަހު އެވެ. 

އެ މަޝްރޫއުގެ ދަށުން މަރަދޫ ފަޅުން ބައެއް ހިއްކުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ނަމަވެސް ހިއްކާ ސަރަހައްދަށް އަޅާފައިވާ ވެލި ނަގާ މައްސަލައެއް ފާހަގަވެ މަރަދޫ އަވަށު އޮފީހުން މިއަދު ވަނީ އެކަން ނުކުުރުމަށް އިންޒާރުދީ ނޯޓިހެއް އާންމުކޮށްފައެވެ.

މަރަދޫ އަވަށު އޮފީހުން ބުނީ ހިއްކާ ސަރަހައްދަށް އަޅާފައިވާ ވެލިގަނޑުން ވެލި ނަގަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެއީ މަނާކަމެއްކަން ވެސް ހަނދާން ކޮށްދީފައިވެއެވެ. އަދި ބުނީ އެކަން ކުރާ ބަޔަކަށް ފިޔަަވަޅު ވެސް އަޅާނެ ކަމަށެވެ.

ނެދަލޭންޑްސްގެ ވެން އޫޑު ކުންފުނިން ކުރިއަށް ގެންދާ އެ މަޝްރޫއު ފެށީ މަރަދޫ ހިއްކަން ފެށުމުންނެވެ. ޖުމްލަ 1.5 ބިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން އައްޑޫގެ 4 ސަރަހައްދަކުން 193 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވެއެވެ. އަދި 11 ކިލޯމީޓަރުގެ ގޮނޑުދޮށުގައި ބޮޑުހިލަ ޖަހާނެއެވެ.

  •  ހިތަދޫއިން 90 ހެކްޓަރު
  •  މަރަދޫ، މަރަދޫ ފޭދޫއިން 76 ހެކްޓަރު
  •  ޓޫރިޒަމަށް 8.3 ހެކްޓަރުގެ ތިން ރަށް

ވެން އޫޑް ކުންފުނިން އަންނަނީ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މި މަޝްރޫއުގެ އަމަލީ މަސައްކަތް ކުރަމުންނެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ 400 މިލިއަން ޑޮލަރުގެ ކްރެޑިޓްލައިނުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ އިތުރުން އައްޑޫ ހުޅުމީދޫގައި 42 ހެކްޓަރުގެ ބިން ހިއްކުމަށް 179 މިލިއަން ރުފިޔާގެ މަޝްރޫއެއް ވެސް އެބަ ކުރިއަށްދެއެެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.