ރާއްޖޭގެ ކުރީގެ ކުރިކެޓް ކޯޗްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އައީ އޭނާގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ ދައުވާތައް ސާބިތުވުމުންނެވެ. ޖުމްލަ ހަތް ދައުވާ އެއް އުފުލި އެވެ.
ގައުމީ ކްރިކެޓް ޓީމްގެ ކުރީގެ ކޯޗް މުހައްމަދު އާސިފް އަމީން ޚާން އުމުރު ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ރާއްޖޭގެ ކުރީގެ ކުރިކެޓް ކޯޗްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އައީ އޭނާގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ ދައުވާތައް ސާބިތުވުމުންނެވެ. ޖުމްލަ ހަތް ދައުވާ އެއް އުފުލި އެވެ. އެ ދައުވާތައް ސާބިތުވާ ކަމަށް ނިންމާ 53 އަހަރުގެ ދިގު ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.
މުހައްމަދު އާސިފް އަމީން ޚާންގެ މައްޗަށް އުފުލާފައިވަނީ؛
މި ދައުވާތައް ސާބިތުވެ 53 އަހަރާއި ދެ މަހާއި ހަތް ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.
ޖިންސީ ގޯނާގެ މި ދައުވާތައް ސާބިތުވީ އޭނާގެ ޝިކާރައަކަށްވީ ގިނަ ކުދީންތަކެއް އެ ވާހަކަތައް ކިޔައި ދިނުމުންނެވެ.