އެސްއެމްސް ތައްޔާރުވަނީ ދުނިޔޭގެ އެންމެ ބިޒީ ބަނދަރުތަކާ ރާއްޖޭގެ އެތެރެ ގުޅާލަން

އެސްޓީއޯ އެމްޑީ ސައީދު ވިދާޅުވީ މި ސިނާއަތަކީ ރާއްޖޭގެ ވަރުގަދަ ސިނާއަތަކަށް ހައްދަވަން މަސައްކަތް ކުރައްވާ ކަމަށް. ރީޖަނަލް ޕޯޓް އޮޕަރޭޝަންއާއެކު އެންމެ ބިޒީ ބަނދަރުތަކާ ދުނިޔެ ގުޅިގެންދާނެ ކަމަށް

އެސްޓީއޯ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު

މޯލްޑިވްސް ނޭޝަނަލް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ތައްޔާރުވަމުން ގެންދަނީ ދުނިޔޭގެ އެންމެ ބިޒީ ޕޯޓްތަކާއި ރާއްޖޭގެ ރީޖަނަލް ބަނދަރުތައް ގުޅާލަން ކަމަށް ބުނެފި އެވެ. 

ގައުމީ ޝިޕިން ކުންފުނީގެ މައި ހިއްސާދާރު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވީ ޝިޕިން ކުންފުނިން ތައްޔާރު ވަމުން ގެންދަނީ ދުނިޔޭގެ ކޮންޓެއިނާ އޮޕަރޭޝަންގެ އެންމެ ބިޒީ ބަނދަރުތަކާ ރާއްޖޭގެ އެތެރޭގެ ބަނދަރުތައް ގުޅާލާށެވެ. ރާއްޖެއަށް އަންނަ ކޮންޓެއިނާތައް އާއްމުކޮށް ޓްރާންސިޓް ވަނީ ސްރީލަންކާ އާއި ދުބާއީ ފަދަ ބޮޑެތި ބަނދަރުތަކުގަ އެވެ. 

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ އެއް ދުވަހަކު އަޅުގަނޑުމެން މިދަނީ އިގްތިސޯދީ ތަނބެއްގެ ގޮތުގައި މި ސިނާއަތް ދިރުވަން. މަގްސަދަކީ އަޅުގަނޑުމެންގެ ސަރަޙައްދީ ބަނދަރުތަކާއި ދުނިޔޭގެ އެންމެ ބިޒީ ކަނޑުގެ މަރުކަޒުތަކާ ދެމެދު އެއްވެސް ދަތިކަމެއް ނެތި ގުޅިގެން ދިއުން،" އެމްއެސްއެސް އުފައްދައި ފުރަތަމަ އެމްޑީގެ މަގާމު ފުރުއްވި ސައީދު ވިދާޅުވި އެވެ. 

ރާއްޖޭގެ ސަރަހައްދީ ބަނދަރުތައް

  • ކުޅުދުއްފުށީ ރީޖަނަލް ޕޯޓް
  • އައްޑޫ ހިތަދޫ ރީޖަން ޕޯޓް

އެސްޓީއޯ އިން ސީދާ ރީޖަނަލް ބަނދަރުތަކަށް ކޮންޓެއިނާ އުފުލުގެ އޮޕަރޭޝަން ފެށުމުގެ ގޮތުން އާ ބޯޓެއް ގެނެސް ޖުލައި މަހު އޮޕަރޭޝަން ފަށަން ތައްޔާރުވަމުންނެވެ. ގައުމީ ބޯޓު ކުންފުނިން މިފަހަރުގެ ދަތުރުތަކަށް ގެންނަނީ އެއްފަހަރާ 100 ކޮންޓެރިއާ އުފުލުމުގެ ގާބިލްކަން ހުރި ބޮޑު ބޯޓެކެވެ. އެހެންވެ މި ފަހަރުގެ އޮޕަރޭޝަން ފީޒިބަލް ވާނެ އެވެ. 

އެއް ސަބަބަކީ ބޮޑެތި ލައިނާތަކުން ދުބާއީ / ސްރީލަންކާއަށް ބާލާ ކޮންޓެއިނާތައް އުފުލުމުގެ ކުޅަދާނަކަން މި ބޯޓަށް އޮތުމެވެ. އެވަރުގެ ނަމްބަރެއް މި ބޯޓުން ގެންނަން ފުރުސަތު ފަހިވުމެވެ. އެހެންވެ، އެހެން ވިޔަފާރިވެރިންގެ މުދަލާއި އައްޑޫ މުދާ އެއްކޮށް ގެންގޮސް އައްޑޫ ކޮންޓެއިނާ ހިތަދޫ ޕޯޓަށް ބޭލުމުގެ ފުރުސަތު އޮންނާނެ އެވެ.

އެމްޑީ ސައީދު "މި" ނޫހަށް ވިދާޅުވެފައިވާ ގޮތުގައި މިހާރު ވެސް ބައެއް ވިޔަފާރިވެރިން މުދަލުގެ ޑިއުޓީގެ އިނާޔަތް ހޯދަން ސަރަައްދީ ބަނދަރުތަކަށް މުދާ ކްލިއާ ކުރެ އެވެ. އެހެންވެ އާ ބޯޓުގެ ސަބަބުން މާލެ ބަނދަރުން ކޮންޓެއިނާ ބާލައިގެން ވިޔަފާރިވެރިން އުފުލަން ޖެހޭ ތަކުލީފު ކުޑަ ވެގެންދާނެ އެވެ.

"އަގު ވެސް އާއްމު ރީޒަނަބަލް ވާނެ. އެކަމަކު މި ވަގުތު ސީދާ އަގު ބުނެލަން ދަތި. ހަމަ ގައިމު ވެސް ވިޔަފާރިވެރިންނަށް ލުއި ވެފައި ފަސޭހަ ދަތުރުތަކަށް ވާނެ،" ސައީދު ވިދާޅުވި އެވެ.

ގައުމީ ބޯޓު ކުންފުނީގެ ދަތުރު - ގައުމީ ބޯޓު ކުންފުނި އުފެއްދީ 2020 ގަ އެވެ. މިހާރު އެ ކުންފުންޏަކީ މާލެ / ސްރީލަންކާ ރޫޓުން އުފުލާ ކޮންޓެއިނާގެ 50 ޕަސެންޓް ހިއްސާ ކުރާ ކުންފުންޏެވެ. އެ ކުންފުނީގައި އޮންނަނީ 680 ޓަނުގެ "އެމްވީ ގްރެފީން" އާއި ވަތަށް އަޅައިގެން މުދާ އުފުލާ 48،000 ޓަނުގެ އެމްއެސްއެސް ކްރޮމް" އަދި 680 ޓަނުގެ "ގަލޭނާ" އެވެ. މި ބޯޓަކީ 60 ޓަނުގެ ކެރޭނަކާއި 60 ރީފާ، ގަނޑުކޮށްގެން މުދާ އުފުލާ ކޮންޓެއިނަރު ގެންދެވޭ އުޅަނދެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.