ނޫސްވެރިކަމުގެ އިނާމަށް ހުޅުވާލައިފި

އިނާމު ދިނުމަށް ކަނޑައަޅާފައިވަނީ ނޫސް މަޖައްލާ ކެޓަގަރީ އަދި ބްރޯޑްކާސްޓިން ކެޓަގަރީ ހިމެނޭހެން 12 ދާއިރާއަކަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫސްކޮންފަރެނެސް އެއް ބޭއްވުމަށް ފަހު ނޫސްވެރިންތަކަކާއެކު -- ރައީސް އޮފީސް

މޯލްޑިވްސް މީޑިއާ ކައުންސިލުން ކޮންމެ އަހަރަކު ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމު "ނޫސްވެރިކަމުގެ އިނާމު 2022" އަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ނޫސްވެރިކަމުގެ އިނާމަކީ ދިވެހި ނޫސްވެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން އިނާމު ދޭނެ ގޮތުގެ ކަންކަން ކަނޑައެޅިފައިވާ އުސޫލެއްގެ ތެރެއިން އިންސާފުވެރިކަމާއި ހަމަހަމަ ކަމާއެކު ދިވެހި ނޫސްވެރިންގެ މަސައްކަތް ފާހަގަކުރުމަށް ދެމުން އަންނަ އެވޯޑެވެ. 

އިނާމު ދިނުމަށް ކަނޑައަޅާފައިވަނީ ނޫސް މަޖައްލާ ކެޓަގަރީ އަދި ބްރޯޑްކާސްޓިން ކެޓަގަރީ ހިމެނޭހެން 12 ދާއިރާއަކަށެވެ.

  •  ތަހުގީގީ ނޫސްވެރިކަން
  •  ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާއީ ދާއިރާ
  •  ސިޔާސީ
  •  ޝަރުއީ އަދި ގާނޫނީ ދާއިރާ
  •  ވިޔަފާރި އާއި އިގްތިސާދު
  •  ކުޅިވަރު
  •  ފޮޓޯ ޖާނަލިޒަމް
  •  ވީޑިއޯ ޖާނަލިޒަމް
  •  ގްރެފިކްސް އާއި އިލެސްޓްރޭޝަންސް
  •  ފީޗާ
  •  އުންމީދީ ނޫސްވެރިޔާ
  •  އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ

އިނާމަށް ނަން ހުށަހަޅާ ފޯމާއި އަދި މާކުސް ދިނުމުގައި ބަލާނެ މިންގަނޑުތައް ވަނީ އާންމު ކޮށްފައިވެއެވެ. 

މީޑިއާ ކައުންސިލުން ބުނި ގޮތުގައި މި އިނާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.