"ލައްކަ އަނިޔާ އެބަ ކުރެތެވެ. އެކަމަކުވެސް ހެވެވެ. މައުމޫން އިރުގައިވެސް މަށަށް ކުރިމަތިވާ ކަމަކީ ބޯނުލެނބުމެވެ،"
ލައްކަ އަނިޔާ އެބަ ކުރައްވާ ކަމަށާ ނަމަވެސް ބޯލެނބުމެއް ނެތް ކަމަށް ވިދާޅުވެ އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއީލް (އިބްރާ) މާނަފުންް ޓްވީޓެއް ކުރައްވައިފި އެވެ.
ޓްވީޓާގައި ވަރަށް އެކްޓިވް / އެކި މައްސަލަތަކުގައި ވަރަށް ގިނައިން ޓްވީޓް ކުރައްވާ އިބްރާހިމް އިސްމާއީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާއަށް ލައްކަ އަނިޔާ ކުރަމުންދާ ކަމަށެވެ. ނަމަވެސް ވިދާޅުވީ އެކަމަށް ފަރުވާލެއް ނެތް ކަމަށެވެ.
ރަައީސް މައުމޫންގެ ސަރުކާރުގައިވެސް އެފަދަ އެތައް ކަމެއް ކުރިމަތިކުރުވިކަން ފާހަގަ ކުރައްވާ ވިދާޅުވީ އޭރުވެސް ކުރިމަތިވި ކަމަކީ ބޯނުލެނބުން ކަމަށެވެ.
"ލައްކަ އަނިޔާ އެބަ ކުރެތެވެ. އެކަމަކުވެސް ހެވެވެ. މައުމޫން އިރުގައިވެސް މަށަށް ކުރިމަތިވާ ކަމަކީ ބޯނުލެނބުމެވެ،"
އިބްރާގެ ޓްވީޓްގައި ވަނީ އެކަމާ ކުރައްވާނެ ކަމެއް ނެތް ކަަމަށް ވިދާޅުވެ "ﷲ ފިޔަވާ އެހެން ފަރާތަކަށް ސަޖިދަ އެއް ނުކުރެވޭނެ" ކަމަށް ވިދާޅުވެފައެވެ.
މިފަދަ ޓްވީޓެއް ކުރެއްވީ ކޮން ކަމަކަށް އިޝާރާތް ކުރައްވާ ކަމެއް އިބްރާ ވިދާޅެއް ނުވެއެވެ. ބޮޑަށް ބެލެވެނީ ސަރުކާރުގެ ތެރެއިން ކުރިމަތި ކުުރުވާ ފިއްތުންތަކަށެވެ. އިބްރާއަށް ލިބިފައިވާ ގެއްލުމަށް ބަދަލު ނުލިބުމަކީ އޭނާގެ ވަރަށް ބޮޑު ޝަކުވާ އެކެވެ. މި ސަރުކާރުން އިންސާފު ހޯދައި ދިނުމުގެ ބަދަލުގައި އިތުރަށް އަނިޔާ ދޭ ކަމަށް ކުރީންވެސް ވިދާޅުވެފައި ވެއެވެ. ސަރުކާރަށް ފާޑު ވިދާޅުވެ ވަރަށް ގިނައިން ޓްވީޓް ކުރައްވައެވެ.
އިބްރާ މިފަދައިން އަމަލު ކުރައްވާއިރު އޭނާގެ ކޮއްކޮ، ފައްޔާޒް އިސްމާއީލް އަކީ މި ސަރުކާރުގެ އެންމެ ނުފޫޒު ގަދަ ވަޒީރެވެ. ސަރުކާރު ހިންގާ ޕާޓީގެ ޗެއާޕާސަން އެވެ. ރައީސް ސޯލިހްގެ އެންމެ ވަފާތެރި / އިތުބާރު ކުރައްވާ އެއް ބޭފުޅެވެ. އިބްރާގެ އާއިލާ އެހެން ބޭފުޅުންވެސް ސަރުކާރުގައި އުޅުއްވައެވެ.