ކަންޓޭ ވަނީ ޗެލްސީއަށް 190 މެޗު ކުޅެދީ 11 ގޯލު ޖަހާފަ އެވެ. ޔުއެފްއާ ޗެމްޕިއަންސް ލީގާއި ޔޫރަޕާލީގު އަދި ސުޕަ ކަޕާއި އެފްއޭ ކަޕާއި ޕްރިމިއާ ލީގާއި ކުލަބް ވޯލްޑް ކަޕުވެސް ވެސް ޗެލްސީއާއެކު ކަންޓޭ ހޯދި އެވެ.
ފްރާންސާއި އިނގިރޭސި ކްލަބް، ޗެލްސީގެ ތަރި އެންގޯލޯ ކަންޓޭ ސައުދީ އަރަބިއްޔާގެ އަލް އިއްތިހާދަށް ބަދަލު ވެއްޖެ އެވެ.
ކުޅުމުގައި މުޅީން ތަފާތު ސްޓައިލެއް ހުންނަ ވަރުގަދަ މިޑްފީލްޑަރު ކަންޓޭ އަލް އިއްތިހާދަށް ބަދަލުވެފައި ވަނީ ރެއާލް މެޑްރިޑަށް ކުޅެމުން ދިޔަ އެކުވެރިޔާ ފްރާންސްގެ ފޯވާޑް ކަރިމް ބެންޒެމާގެ ފަހަތުންނެވެ. ކަންޓޭ ދިޔައީ ވަނީ ފްރީ ޓްރާންސްފާއެއްގަ އެވެ. ކަންޓޭގެ ކުރިން
ލެސްޓާ ސިޓީ އާއި ޗެލްސީ އަދި ފްރާންސަށް ގިނަ ކާމިޔާބުތައް ހޯދައިދިން އުމުރުން 32 އަހަރުގެ ކަންޓޭ، ފަހަކަށް އައިސް އަނިޔާގެ ސަބަބުން ކަންޓޭއަށް ގިނައިން ހުރީ ކުޅުމާ ދުރުގަ އެވެ.
ސައުދީގެ މުއްސަނދި ކްލަބްތަކުގެ ތެރޭގައި ހިމެނޭ އަލް އިއްތިހާދުގައި މުސާރައިގެ ގޮތު ސީޒަނަކަށް 100 މިލިއަން ޔޫރޯ ކަންޓޭއަށް ދޭން ވަނީ އެއްބަސްވެފަ އެވެ. ކަންޓޭ ހަދަނީ ދެ އަހަރުގެ އެއއްބަސްވުމެކެވެ.