ޝަވަން އަލުން އިންޑިއާއަށް ދާން އެހީއަށް އެދެނީ

މަސްނޫއީ ފަޔެއް ޖެހި ނަމަވެސް އެ ފަޔާއެކީ އުޅެން ދަސްކުރުމަށް ޑޮކްޓަރުންގެ ލަފާއެކު ޝަވަން ރިހެބްލިޓޭޝަން އަދި އިތުރު ތަމްރީނު ކުރިއަށް ގެންދަން ޖެހެ އެވެ.

ޝަވަން ޕްރޮސްތެޓިކް ފައި ޖަހައިގެން އޭނާގެ މަންމައާއެކު: އަލުން ޑޮކްޓަރަށް ދިއުމަށް އެހީ ބޭނުންވޭ

އޮޕަރޭޝަނެއްކޮށް މަސްނޫއީ ފައި (ޕްރޮސްތެޓިކް ފައި) އަދި ރަނިން ބްލޭޑެއް ބޭނުން ކުރަން ފެށި މަކުނުދޫ ކުޑަކުއްޖާ، އުމުރުން ހަތް އަހަރުގެ އަހުމަދު ޝަވަން މުހައްމަދުގެ އަލުން ޑޮކްޓަރަށް ދައްކަން އިންޑިއާއަށް ދާން އާއިލާއިން އެހީ ހޯދަން ފަށައިފި އެވެ. 

ޑޮކްޓަރާ ހަމައަށް ދިއުމަށް މި މަހު 11 ވަނަ ދުވަހު ޝަވަން އިންޑިއާއަށް ދާން ޖެހެ އެވެ. ދަނީ އަމިއްލައަށް ހަރަދު ކޮށްގެނެވެ. ކުރިން އިންޑިއާގައި ވަރަށް ގިނަ ދުވަހު ތިބެން ޖެހުމުން ޝަވަންގެ އާއިލާގެ އަތްމަތި ތާއްޓެވެ. އެހެންވެ އެހީ ބޭނުން ވެއެވެ.

ކުރިން ސާޖަރީގެ ހުރިހާ ހަރަދެއް ކުރީ އެންސްޕާއިންނެވެ. ރަނިން ބްލޭޑްގެ ހަރަދުތައް ހަމަޖެއްސީ ޔޫތް މިނިސްޓްރީންނެވެ. ޝަވަންގެ އާއިލާއިން ބޭނުން ވަނީ ޝަވަންގެ ފައިގެ އޮޕަރޭޝަން ކުރި ތަނުގައި ބައެއް ފަހަރަށް ރިއްސާތީ ޑޮކްޓަރަށް ދައްކަން އިންޑިއާއަށް ދާށެވެ. އަދި އެކަމަށް އެހީތެރިވެ ދިނުމަށް އެދެ އެވެ. 

  •  ޅޭނެ ނަމްބަރު: 9769310 (އައިޝަތު ވިޝާހު)
  •  އެކައުންޓް ނަމްބަރު: ބީއެމްއެލް ދިވެހި (7730000335275) އައިޝަތު ވިޝާހު
  •  އެކައުންޓް ނަމްބަރު: ބީއެމްއެލް ޑޮލަރު (7730000544462) މޫސާ އަލީފް

މަސްނޫއީ ފަޔެއް ޖެހި ނަމަވެސް އެ ފަޔާއެކީ އުޅެން ދަސްކުރުމަށް ޑޮކްޓަރުންގެ ލަފާއެކު ޝަވަން ރިހެބްލިޓޭޝަން އަދި އިތުރު ތަމްރީނު ކުރިއަށް ގެންދަން ޖެހެ އެވެ. އަދި ދުވުންތެރިން ބޭނުން ކުރާ "ރަނިންގް ބްލޭޑް" އެއް އަޅުވާފައި ވުމުން ބްލޭޑްގެ އެހީގައި ފަރިތަކޮށް ހޭނުވުމުގެ މަސައްކަތް ކުރިޔަށް ގެންދަން ޖެހެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.