ރައީސް ސޯލިހް އުކުޅަހަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި އުކުޅަހުގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުންޏެވެ.

ރައީސް ސޯލިހް އުކުޅަހަށް ވަޑައިގެންނެވުމަށް ވީއައިއޭގައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އަރިއަތޮޅު އުތުރުބުރީ އުކުޅަހަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު އެރަށަށް ވަޑައިގަންނަވައިފިއެވެ. އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި އުކުޅަހުގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުންޏެވެ. މިގޮތުން އުކުޅަހު ގައި ކުރިޔަށްދާ "ބީޓް ޕްލާސްޓިކް ޕޮލިއުޝަން" ފެސްޓިވަލް ބައްލަވާލެއްވުމާއި ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ އުކުޅަހުގައި ބާއްވާ ރަސްމީ ޖަލްސާގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސް ސޯލިހް އއ އުކުޅަހަށް ވަޑައިގަތުން

މީގެ އިތުރުން އުކުޅަހުގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯއްދަވައި ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑުއައްސެވުމުގެ ގޮތުން އެމަނިކުފާނު އއ. އުކުޅަހު ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީއާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ސޯލިހް އއ އުކުޅަހަށް ވަޑައިގަތުން

ރަައީސް އުކުޅަހަށް ވަޑައިގަތުމުން އެ ރަށުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. އެމްޑީޕީގެ ދިދަ އާއި އެކި ޝުއޫރު ލިޔެފައިވާ ފޮތިކޮޅުތައް ހިފައިގެން ތިބެ އެ ރަށުގެ އެމްޑީޕީގެ މެންބަރުންވެސް ވަނީ ރައީސަށް މަރުހަބާ ކިޔާފައެވެ.

ރައީސް ސޯލިހް އއ އުކުޅަހަށް ވަޑައިގަތުން

ރައީސް ސޯލިހް އުކުޅަހަށް ވަޑައިގެންފައި މިވަނީ ތިން ދުވަހުގެ ދަތުރުފުޅެއްގައި އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅަށް ފަހު ނިންމާލެވުމަށް ފަހު މިއަދު މާލެވަޑައިގެންނެވުމަށް ފަހު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.