އެމްއައި ކޮލެޖުން އެކައުންޓެންޓުންނަށް ހާއްސަ ސެމިނާއެއް ބާއްވައިފި

އެމްއައި ކޮލެޖުން އެކައުންޓެންޓުންނަށް ބޭއްވި ސެމިނާގެ ތެރެއިން

އެކައުންޓިންގެ ދާއިރާއިން ގިނަ ފުރުސަތުތަކެއް ހުޅުވާލާފައިވާ މިއާންޒް އިންޓަނޭޝަލް ކޮލެޖް -- އެމްއައި ކޮލެޖުން އެ ދާއިރާގައި މަސައްކަތްކުރާ ޕްރޮފެޝަނަލުންނަށް އަމާޒުކޮށްގެން ހާއްސަ ސެމިނާއެއް ބާއްވައިފި އެވެ. 

މިދިޔަ ހޮނިހިރު ދުވަހު ސީއެޗްއެސްސީގައި އޮތް މި ސެމިނާގައި ސަރުކާރުގެ އެކި މުއައްސަސާތަކާއި، ކުންފުނި ތަކުގެ އިތުރުން ޕްރައިވެޓް ސެކްޓާގައި އެކައުންޓެންޓުންގެ ގޮތުގައި މަސައްކަތްކުރާ ގިނަ ބަޔަކު ބައިވެރިވިއެވެ. "ޑައިވާސް އޮފް ޗޭންޖެސް އެންޑް ފިއުޗާ ސްކިލްސް"ގެ ނަމުގައި ބޭއްވި އެ ސެމިނާގައި ކިޔަވައިދެއްވީ ދާއިރާގެ ތަޖުރިބާކާރެއް ކަމުގައިވާ ޑރ. ޒުބައިރު ހަސަންއެވެ.

"ޑައިވާސް އޮފް ޗޭންޖެސް އެންޑް ފިއުޗާ ސްކިލްސް" ސެމިނާގެ ބައިވެރިން

މި ސެމިނާގެ ސެޝަންތަކުގައި އެކައުންޓިން ދާއިރާއަށް އަންނަމުންދާ ބަދަލުތަކާއި، ކުރިމަގުގައި އެ ދާއިރާގައި މަސައްކަތް ކުރުމަށް ބޭނުންވާނެ މުހިއްމު ހުނަރުތަކާ ބެހޭގޮތުން މައުލޫމާތު ދީފައިވެއެވެ. އެގޮތުން، އެކައުންޓެންޓުންނަށް ބޭނުންވާނެ ފަންނީ، އެތިކަލް، ފިކުރީ، ޑިޖިޓަލް ހުނަރުތަކާއި ތަޖުރިބާތަކުގެ މައްޗަށް އަލިއަޅުވާލެވުނެވެ.

އެއްވެސް ފީއަކާނުލައި، ރަޖިސްޓްރީ ވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިގެން ބޭއްވި ސެމިނާގެ ހުރިހާ ބައިވެރިންނަށް ވަނީ އެ ސެމިނާ ފުރިހަމަކުރިކަމުގެ ލިޔުން ދީފައެވެ.

އިންޓަނޭޝަނަލް ސެންޓާ ފޯ ކެރިއާ ޑިވެލޮޕްމެންޓުގެ ނަމުގައި 2006 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ މިހާރުގެ އެމްއައި ކޮލެޖަކީ ވިޔަފާރިއާއި، އެކައުންޓިން އަދި ހިންގުންތެރިކަން ފަދަ ދާއިރާތަކުން ގިނަ އަދަދެއްގެ މީހުން ބިނާކޮށްދީފައިވާ ތަނެކެވެ. އެ ކޮލެޖުގެ ތަޖުރިބާކާރު ލެކްޗަރާއިންނާއެކު، މިފަދަ ސެމިނާތަކާއި ވޯކްޝޮޕްތައް ވެސް ހިންގައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.