ޕެންޝަން ފައިސާއިން އަދި ހައްޖަށް ދިޔައީ 32 މީހަކު

ޕެންޝަން ފަންޑުގައި ހުރި ފައިސާއިން މިހާތަނަށް ހައްޖުވާން ގޮސްފައި ވަނީ 32 މީކެވެ. އެއީ ހަތަރު އަހަރު ދުވަހުގެ ތެރެއިން ދެ އަހަރެއްގަ އެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ހައްޖަށް ދިޔަ މީހެއް: ޕެންޝަން ފައިސާއިން ހައްޖަށް މީހުން މިހާތަނަށް ފޮނުވާފައި ވަނީ ހައްޖް ކޯޕަރޭޝަނުން އެކަނި -- ހައްޖް ކޯޕަރޭޝަން

ފަރުލު ހައްޖު އަދާ ކުރަން ޕެންޝަނުގެ ފައިސާ ހަރަދު ކުރެވޭ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް ބަދަލު ގެނެސް ގަވައިދު އެކުލަވައިލީ 2019 ވަނަ އަހަރު އެވެ. 

ޕެންޝަނުން ހައްޖަށް ދެވޭނީ - ހައްޖު ވާން ޕެންޝަނުން ފައިސާ ދޫކުރާނީ ފުރަތަމަ ފަހަރަށް އެ އަޅުކަން އަދާ ކުރާށެވެ. އެހެން ނަމަވެސް އެއީ އެމީހެއްގެ ފަންޑުގައި މަދުވެގެން 336،000ރ. ހުރި ނަމަ އެވެ.

ޕެންޝަނުން ހައްޔަށް ދިޔައީ ކިތައް މީހުން؟

ޕެންޝަން ފަންޑުގައި ހުރި ފައިސާއިން މިހާތަނަށް ހައްޖުވާން ގޮސްފައި ވަނީ 32 މީކެވެ. އެއީ ހަތަރު އަހަރު ދުވަހުގެ ތެރެއިން ދެ އަހަރެއްގަ އެވެ. އަނެއް ދެ އަހަރު މީހުން ހައްޖަށް ގޮސްފައެއް ނުވެއެވެ. އެއީ ކޮވިޑާ ގުޅިގެން ހައްޖުގެ އަޅުކަމަށް މީހުން މައްކާ އަށް އަރުވުން ލިމިޓް ކުރުމުންނެވެ. 

  •  2019 ގައި: 13 މީހުން ޕެންޝަން ފައިސާގައި ހައްޖަށް ދިޔަ
  •  2020 ގައި: އެއްވެސް މީހަކު ޕެންޝަން ފައިސާގައި ހައްޖަކަށް ނުދޭ
  •  2021 ގައި: އެއްވެސް މީހަކު ޕެންޝަން ފައިސާގައި ހައްޖަކަށް ނުދޭ
  •  2022 ގައި: 19 މީހުން ޕެންޝަން ފައިސާގައި ހައްޖަށް ދިޔަ
  •  ޖުމަލަ 32 މީހަކު ޕެންޝަނުން ހައްޖަށް ދިޔައީ ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް

މި އަހަރު ޕެންޝަނުން ހައްޖަށް ދާން ވަނީ ހުޅުވާލާފައި

ފެންޝަން ފަންޑުގެ ފައިސާއިން މީހުން ހައްޖަށް ގެންދަން ފުރުސަތު ޕެންޝަން އޮފީހުން ވަނީ ހުޅުވާލައިފަ އެވެ. ފަރުލު ހައްޖު / ފުރަތަމަ ހައްޖު ވާން ޕެންޝަން ސްކީމުން ފައިސާ ދޫކުރާ ގަވައިދުގެ ތެރެއިން މި އަހަރު މީހުން ހައްޖަށް ގެންދަން ޝައުގުވެރިވާ ފަރާތްތައް ކުރިމަތިލާން ހުޅުވާލާފައިވާއިރު އެ ގަވައިދުގެ ދަށުން ހައްޖަށް ގެންދިއުމުގެ ހިދުމަތް ފޯރު ކޮށްދެވޭނީ އެ އޮފީހާއެކު އެއްބަސްވުން ގާއިމްކޮށްފައިވާ، ހައްޖަށް ގެންދިއުމުގެ ހުއްދަ އޮތް ކުންފުނި ތަކަށެވެ. 

ހުއްދަ އޮތް ތިން ޖަމާ އަތާއި އަގުތައް

  • 1.އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް: 75،000 ރުފިޔާ
  • 2.އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ: 75،250 ރުފިޔާ
  • 3.ސިސިލްފަރު ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑް: 75،465 ރުފިޔާ
  • 4.މޯލްޑިވްސް ހައްޖު ކޯޕަރޭޝަން

:: ކިޔާލަން: ހައްޖު ހުއްދަ ދިން ކުންފުނިތައް ކުރަނީ ވައްކަމެއް ނޫންތަ؟

މި އަހަރު ރާއްޖޭން ހައްޖަށް ގެންދަން ހުއްދަ ދީފައި ވަނީ 75،465ރ. އަށް މީހުން ހައްޖަށް ގެންގޮސްދޭ އަލް ހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ އާއި 75،250ރ. އަށްް ހައްޖަށް ގެންގޮސްދޭ ސިސިލްފަރު ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑާއި 75،000ރ. އަށް ހައްޖަށް ގެންގޮސްދޭ އަލް މަނާސިކް ޕްރައިވެޓް ލިމިޓެޑެވެ. ދެން ދައުލަތުގެ ހައްޖު ކޯޕަރޭޝަނެވެެ.

ރާއްޖެއަށް ސައުދީން މި އަހަރަށް ދީފައި ވަނީ 1000 ހައްޖު ކޯޓާ އެވެ. ހުއްދަ ދިން އަމިއްލަ ތިން ކުންފުނީގެ ތެރެއިން ކޮންމެ ކުންފުންޏަކަށް 90 ކޯޓާ އެވެ. އެހެން ކޯޓާތަށް ދާނީ ހައްޖު ކޯޕަރޭޝަނަށެވެ.

އަމިއްލަ ތިން ކުންފުނީގެ ކޯޓާތަކަށް ބޮޑު އަގުގައި މީހުން އަތުން ފައިސާ ނަގައި ނިންމާފައިވާ ކަމަށް އަޑުތައް ފެތުރި އެފަދަ ބައެއް ޝަކުވާ އިސްލާމިކް މިނިސްޓަރީއަށް ހުށަހަޅާފައި ވެއެވެ. ބައެއް ކުންފުނިތަކުން ބޮލަކަށް 150،000ރ. ނަގާ ކަމަށް އަޑުތައް ފެތުރިފައި ވެސް ވެއެވެ.   

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.