މެޑްރިޑުން ހަޒާޑްގެ ކޮންޓްރެކްޓް އުވާލައިފި

ހަޒާޑަށް މެޑްރިޑްގައި ކުރަން ޖެހުނީ ހިތި ތަޖުރިބާއެކެވެ. ޗެލްސީގައި ދުނިޔޭގެ އެއް ނަމްބަރުގެ ތަރިއެއްގެ ގޮތުގައި ގިނަ ކާމިޔާބުތައް ހޯދުމަށް ފަހު 2019 ވަނަ އަހަރު ރެއާލް މެޑްރިޑަށް ރިކޯޑް ފީއެއްގައި ބަދަލުވެ ރެއާލްގައި އޭނާ ކުޅުނީ 54 މެޗެވެ.

ބެލްޖިއަމްގެ ތަރި، އެޑެން ހަޒާޑް: ރެއާލްއާއެކު އޮތް ކޮންޓްރެކްޓް ވަނީ އުވާލާފައި

ރިކޯޑް ފީއެއްގައި އިނގިރޭސި ވިލާތުގެ ޗެލްސީ ދޫކޮށް ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވި ބެލްޖިއަމްގެ ތަރި އެޑެން ހަޒާޑް، އެންމެ ފަހުން ރެއާލް ދޫކޮށްލަން ނިންމައިފި އެވެ. .    

ހަޒާޑާއި ރެއާލް މެޑްރިޑާ ދެމެދު އޮތް އެއްބަސްވުމުގައި އަދި އަހަރެއް އެބައޮތެވެ. ނަމަވެސް ކްލަބާއި ހަޒާޑާ ދެމެދު އެއްބަސްވެވި ހަޒާޑްގެ ކޮންޓްރެކްޓް އުވާލާން ވަނީ ނިންމާފަ އެވެ. އެ ގޮތުން ޖޫން 30 ވަނަ ދުވަހަކީ ހަޒާޑް މެޑްރިޑްގައި ހުންނާނެ ފަހު ދުވަހެވެ. 

ކޮންޓްރެކްޓް ބާތިލުކޮށްލި ނަމަވެސް ހަޒާޑް އެނާގެ ކެރިއަރު ކުރިޔަށް ގެންދާނީތޯ ނޫނީ ޕްރޮފެޝަނަލް ފުޓްބޯޅައާ ވަކިވާނީތޯ އަދި ނިންމާފައެއް ނުވެއެވެ. 

ހަޒާޑަށް މެޑްރިޑްގައި ކުރަން ޖެހުނީ ހިތި ތަޖުރިބާއެކެވެ. ޗެލްސީގައި ދުނިޔޭގެ އެއް ނަމްބަރުގެ ތަރިއެއްގެ ގޮތުގައި ގިނަ ކާމިޔާބުތައް ހޯދުމަށް ފަހު 2019 ވަނަ އަހަރު ރެއާލް މެޑްރިޑަށް ރިކޯޑް ފީއެއްގައި ބަދަލުވެ ރެއާލްގައި އޭނާ ކުޅުނީ 54 މެޗެވެ. ޖެހީ ހަތަރު ގޯލެވެ. އަބަދުހެން އުޅުނީ އަނިޔާގަ އެވެ. 

އެއާހިލާފަށް ޗެލްސީގައި ހަޒާޑް 245 މެޗު ކުޅެ 85 ގޯލު ޖެހި އެވެ. މެޑްރިޑްގައި އޭނާއަށް އަނިޔާއިން ސަލާމަތްވެވުނު އިރު ކޯޗް ކާލޯ އެންޗެލޯޓީގެ މާ ފޭވަރިޓް ކުޅުންތެރިޔަކަށް ނުވުމާއި ހަޒާޑްގެ މަގާމުގައި ވިނީސިއަސް މޮޅު ކުޅުމެއް ދައްކަމުން ދިއުމުގެ ސަބަބުން ކުޅެލާނެ ފުރުސަތެއް ނުލިބުނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.