ފޭދޫ ހަރުގެ ހުޅުވީ މިރޭ އޮތް ހާއްސަ ހަރަކާތެއްގައެވެ. އައްޑޫ ސިޓީއަކީ އެމްޑީޕީގެ ވަރަށް ބޮޑު ތާއީދެއް އޮތް ސިޓީ އެކެވެ.
އައްޑޫ ސިޓީ ފޭދޫ، އެމްޑީޕީ ހަރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ހުޅުވައި ދެއްވައިފި އެވެ.
ރައީސް ސޯލިހް އައްޑޫއަށް ވަޑައިގެންފައިވަނީ ބިން އިތުރުކުރުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތާއި، ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.
ފޭދޫ ހަރުގެ ހުޅުވީ މިރޭ އޮތް ހާއްސަ ހަރަކާތެއްގައެވެ. އައްޑޫ ސިޓީއަކީ އެމްޑީޕީގެ ވަރަށް ބޮޑު ތާއީދެއް އޮތް ސިޓީ އެކެވެ.
އައްޑޫ ބިން ހިއްކުމުގެ ބޮޑު މަޝްރޫއު އިފްތިތާހުކުރީ މިއަދު ހަވީރު އެވެ. ނެދަލޭންޑްސްގެ ވެން އޫޑު ކުންފުނިން ކުރިއަށް ގެންދާ އެ މަޝްރޫއު އިފްތިތާހުކުރީ މިއަދު މަރަދޫ ހިއްކި ބިމުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ޖުމްލަ 1.5 ބިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން އައްޑޫގެ 4 ސަރަހައްދަކުން 193 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވެއެވެ. އަދި 11 ކިލޯމީޓަރުގެ ގޮނޑުދޮށުގައި ބޮޑުހިލަ ޖަހާނެއެވެ.
ރައީސް ސޯލިހް އައްޑޫއަށް ވަޑައިގެން ބިން އިތުރުކުރުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތަށް ވަޑައިގަތުމުން އެ ސިޓީގެ ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް މަރުހަބާ ކިޔުމަށް ޖަމާވެފައެވެ. ރައީސް ވަނީ އެ މީހުންނާއި ސަލާމް ކުރައްވަން ގިނަ އިރު ތަކެއް ހޭދަ ކުރައްވާފައެވެ.
މިއީ އައްޑޫއިން ބޭފުޅަކަށްކީ އެންމެ ހޫނު މަރުހަބާ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެ ސިޓީގައި ކުރިޔަށްދާ ބޮޑެތި އެހެން މަޝްރޫއުތަކުގެ ތެރެއިން، އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތްތައް ކުރިޔަށް ދާގޮތް ބައްލަވައި ލައްވާ ހުޅުދޫގައި ހުންނަ، ޑުރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރަށް ޒިޔާރަތް ކުރައްވާނެ އެވެ.
އައްޑޫ ރައްޔިތުންނާވެސް އެމަނިކުފާނު ބައްދަލު ކުރައްވަން ވަނީ ހަމަޖެހިފައެވެ.
ރައީސްގެ އަރިހު، ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެެވެ. ސަރުކާރުން ބުނީ އައްޑު އަތޮޅުގެ ތަރަގީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.