"ތިމާގެ ސަބަބުން މުޖުތަމައަށް ހެޔޮ ބަދަލެއް ގެންނަން މަސައްކަތް ކުރަންޖެހޭ"

ތައުލީމު ހޯދަން ހޭދަކުރާ ދުވަސްތަކަކީ މުހިއްމު ދުވަސްތަކެއް ކަމަށާއި އެ މުހިއްމު ވަނީ ތައުލީމާއި ހުނަރު އަދި ތައުލީމު ހޯދާ ދާއިރާއިން އެހެންމީހުންނާއި ގުޅިގެން ގާތްކަން އުފައްދަން ލިބޭ ދާއިރާއަށްވާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން

ތިމާގެ ސަބަބުން މުޖުތަމައަށް ހެޔޮ ބަދަލެއް ގެންނަން މަސައްކަތް ކުރަންޖެހޭ ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅު ވެއްޖެ އެވެ.

ރޭ މެޕްސް ކޮލެޖުގެ ގްރެޖުއޭޝަން ހަފްލާ ޝަރަފުވެރި ކޮށްދެއްވައި މިނިސްޓަރު ވިދާޅުވީ ދަސްވެނިވެގެން ނުކުންނައިރު ތިމާއާއި އެހެން މީހުންނާއި ތަފާތުވާންޖެހޭނެ ކަމަށެވެ. މަސައްކަތް ކުރާ މާހައުލުގައި އެމީހާއަކީ އިތުރަށް އިލްމު އުނގެނި ހުރި މީހެއްކަން އެހެންމީހުން ލައްވާ ބުނުވަން ޖެހޭނެ ކަމަށެވެ. އެބަދަލު ނުގެނެވޭ ނަމަ ތައުލީމުގެ ބޭނުމެއް ނެތްކަމަށެވެ. 

"މުޖުތަމައަށް ނުކުމެ މަސައްކަތް ކުރާއިރު އަބަދުވެސް މަސައްކަތް ކުރަންވާނީ ތިމާގެ ސަބަބުން ކޮންމެވެސް ކަހަލަ ހެޔޮ ބަދަލެއް މުޖުތަމައަށް ގެނެވޭތޯ" މިނިސްޓަރު ވިދާޅުވި އެވެ.

ތައުލީމު ހޯދަން ހޭދަކުރާ ދުވަސްތަކަކީ މުހިއްމު ދުވަސްތަކެއް ކަމަށާއި އެ މުހިއްމު ވަނީ ތައުލީމާއި ހުނަރު އަދި ތައުލީމު ހޯދާ ދާއިރާއިން އެހެންމީހުންނާއި ގުޅިގެން ގާތްކަން އުފައްދަން ލިބޭ ދާއިރާއަށްވާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެދުވަސްތަކަކީ ތިމާގެ ޕާސަނަލިޓީއާއި ކެރެކްޓާ ބައްޓަން ވެގެންދާނެ ދުވަސްތަކެއް. ތިމާއަށް ޒަމާންވީ ރައްޓެހިން ވެސް ހޯދަން ލިބޭ ދުވަސްތަކެއް ކަމަށްވާތީ. ތިމާ ތައުލީމު ހާސިލުކުރާ ދާއިރާއިން އެހެންމީހުންނާއި ގުޅި ގާތްކަން ލިބޭ ފުރުސަތަކަށް ވެގެންދާތީވެ. އެއްގޮތަކަށްވުރެ ގިނަ ގޮތަކަށް ދަންނަވާނަމަ ކޮލެޖެއްގައި ތައުލީމު ހޯދަން މަސައްކަތް ކުރާ ދުވަސްވަރަށްވުރެ ވަކިން އުފާވެރި ދުވަސްތަކެއް ހަޔާތުގައި ނާންނާނެ." މިނިސްޓަރ ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.