ސްޓޭޓް މިނިސްޓަރު މުރަލީދަރަން ރާއްޖެ ވަޑައިގެން އައްޑުއަށް ވަޑައިގަންނަވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޑޫ ސިޓީއަށް ވަޑައިގަންނަވާނެ އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު މުރަލީދަރަން މިއަދު ރާއްޖެ ވަޑައިގަންނަވާނެ އެވެ.
ދެ ދުވަހުގެ ދަތުރުފުޅެއްގައި ސްޓޭޓް މިނިސްޓަރު މުރަލީދަރަން ރާއްޖެ ވަޑައިގަންނަވަނީ އައްޑޫ ސިޓީއަށް ވަޑައިގެން އައްޑޫ ގަން އެއާޕޯޓު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމާއި އައްޑޫ ބިން ހިއްކުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާށެވެ.
އަދި އައްޑޫގައި އިންޑިއާގެ އެހީގައި ނިންމާފައިވާ ބައެއް ޕްރޮޖެކްޓްތައް އިފްތިތާހު ކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވެސް ސްޓޭޓް މިނިސްޓަރު ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. މިއީ ސްޓޭޓް މިނިސްޓަރު މުރަލީދަރަން ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
ސްޓޭޓް މިނިސްޓަރު މުރަލީދަރަން ރާއްޖެ ވަޑައިގެން އައްޑުއަށް ވަޑައިގަންނަވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޑޫ ސިޓީއަށް ވަޑައިގަންނަވާނެ އެވެ. ރައީސް އެނބުރި މާލެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު އެވެ.
ރައީސް މި ދަތުރުފުޅަކީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އިފްތިތާހު ކޮށް ދެއްވުމާއި އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު އިފްތިތާހު ކޮށްދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން އައްޑޫ ސިޓީ ރައްޔިތުންނާއި ބައްދަލު ކުރައްވާނެ އެވެ. ބައްދަލުވުން އޮންނާނީ ހިތަދޫ ސިޓީ ސްކެއާގަ އެވެ.
އައްޑޫން ބިން ހިއްކުން ކުރިއަށް ގެންދަނީ ނެދަލޭންޑްސްގެ ކުންފުނި ވެން އޫޑްއާ އިންނެވެ. ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ހަވާލުކުރީ އިންޑިއާގެ ރެނާޓަސްއާ އެވެ.