ރާވިއްކި ސަފާރީ ވަދެ އަނެއްކާވެސް އުކުޅަސް ހޫނު ކޮށްލައިފި

އުކުޅަހު ބަނދަރުގައި އޮވެގެން ބަނގުރާ ރާ ވިއްކި ކަމަށް ތުހުމަތުވި ސަފާރީ އޭރު ވެއްދީ މަރާމާތަށް ކަމަށް ބުނެ މޭ މަހުގެ ދެ ވަނަ ދުވަހު އެވެ. ސަފާރީ ބަނދަރަށް ވައްދާފައިވަނީ ކައުންސިލުން ހުއްދަ ނެތި އެވެ.

"ޒެޑް ކްރޫޒާ" ސަފަރީ އުކުޅަހުގެ އިހްތިސޯސް ތެރެއަށް ވަދެ ބަނދަރު ޖަހައިގެން

އއ. އުކުޅަހުގައި ބަނދަރު ޖަހައިގެން އޮވެ ބަނގުރާ ވިއްކާ ކަމަށް ތުހުމަތުވެ ބޮޑެތި މައްސަލަތައް އުފެދިގެން ބޭރު ކުރި "ޒެޑް ކްރޫޒާ" ސަފާރީ އަނެއްކާ ވެސް އުކުޅަހު އިހުތިސޯސް ހިނގާ ސަރަހައްދަށް ވަދެ، އުކުޅަސް ހޫނު ކޮށްލައިފި އެވެ. 

ކޯޓް އަމުރަކުން ބޭރު ކޮށްފައި އޮއްވާ މި ފަހަރު އެ ސަފަރީ އުކުޅަހު އިހްތިސޯސް ހިނގާ ސަރަހައްދަށް ވަނީ މޫސުން ގޯސްވެ ކަނޑު ގަދަވާ ކަމަށް ބުނެ އެވެ. އިއްޔެ މެންދުރުން ފެށިގެން ސަފާރީ އޮތީ އުކުޅަހު ބަނދަރަށްވާ ގޮތަށް ނަގިލިލައި ބަނދަރު ޖައިގެނެވެ.

ކުރީން "ޒެޑް ކްރޫޒާ" އިން އުކުޅަހަށް ރާބާލައި ރާ ވިއްކާ މައްސަލަގައި ބޮޑު އެތައް މައްސަލައެއް ރަށުގައި އުފެދި އެސްއޯ ފުލުހުން އެ ރަށަށް އަރަން ޖެހިފައި ވެއެވެ. އެ މައްސަލަ ބަލައި މިދިއަ މޭ މަހުގެ 14 ވަނަ ދުވަހު ވަނީ 24 ގަޑި އިރުތެރޭގައި އެ ސަފާރީ އުޅަހު ބަނދަރުން ނެރެން އަމުރު ކޮށްފަ އެވެ. އެ ކޯޓު އަމުރުގައި އޮތީ އުކުޅަހު ކައުންސިލްއިން އެދުނު ގޮތަށް، އުކުޅަހު އިހްތިސޯސުން ބޭރަށް "ޒެޑް ކްރޫޒާ" ސަފާރީ ގެންދާށެވެ. 

އުކުޅަހު ބަނދަރުގައި އޮވެގެން ބަނގުރާ ރާ ވިއްކި ކަމަށް ތުހުމަތުވި ސަފާރީ އޭރު ވެއްދީ މަރާމާތަށް ކަމަށް ބުނެ މޭ މަހުގެ ދެ ވަނަ ދުވަހު އެވެ. ސަފާރީ ބަނދަރަށް ވައްދާފައި ވަނީ ކައުންސިލުން ހުއްދަ ނެތި އެވެ. 

  •  ހުއްދަ ނުހޯދާ ސަފާރީ ވެއްދީ މޭ މަހުގެ ދެވަނަ ދުހު
  •  ކޯޓް އަމުރަކުން ނެރުނީ މޭ މަހުގެ 14 ވަނަ ދުވަހު
  •  ސަފާރީގެ މައްސަލާގައި މުޒާހަރާކޮށް ރަށް ބަންދު ކުރި
ޕެޓިޝަނެއް ހިންގަނީ - ބައިނަލްއަގުވާމީ ތިމާވެށީގެ ދުވަސް ރާއްޖޭގައި ފާހަގަ ކުރަން އަންނަ ހޯމަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުކުޅަހަށް ވަޑައިގަތުމަށް ހަމަޖެހިފައި ވާއިރު، އެ މަނިކުފާނު އަތްޕުޅަށް އަރުވަން އުކުލަހު ރައްޔިތުން ގެންދަނީ މި މައްސަލާގައި ޕެޓިޝަނެއް ހަދައި ސޮއި ކުރަން ހިންގަމުންނެވެ.
ޒެޑް ކުރީގައި ކުރީން އުކުޅަހު ބަނދަރުގައި އަޅާފައި
ފަސް ފަހަތް - "ޒެޑް ކްރޫޒާ" ސަފާރީން އެ ރަށަށް ބަނގުރާ ބާލައި އާންމުކޮށް ބަނގުރާ ވިއްކާ ކަމަށް ބުނެ މޭ މަހުގެ އެކި ދުވަސްމަތީން ނުރުހުން ފާޅުކޮށް މުޒާހަރާ ވެސް ކުރި އެވެ. އަދި އެ ރަށު ރައްޔިތުންގެ ތެރެއިން ބަޔަކު ރަށުގެ ކައުންސިލް އިދާރާގެ ދޮރު "ބަނގުރާ ބޮއްކުރާ" އެއް "ރ ސަފާރީ" ޖަހައިގެން އެހެލި އެވެ. އަދި ރަށުގެ ނެރު ހުރަސްްކޮށް ދޯނިތަކެ އަޅައި ނެރު ވެސް ބަންދު ކޮށްފަ އެވެ. އެކަމާ ގުޅިގެން އެސްއޯ ފުލުހުން ވެސް އެރަށަށް އެރި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.