ބޭބެ މަރާލި މީހާ ޝަރީއަތް ނިމެންދެން ބަންދަށް

ފުލުހުން ދެންމެ ބުނީ މަވާޒްގެ ބަންދަށް ގޮތް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.

އުމުރުން 25 އަހަރުގެ ހުސެއިން މަވާޒް

އައްޑު އަތޮޅު މަރަދޫފޭދޫގައި ވަޅި ހަރައި މަރާލި އެ ރަށު ބްލޫސްޓާ / އަހުމަދު ޝުއައިބުގެ މަރުގެ މައްސަލާގައި އޭނާގެ ކޮއްކޮ އުމުރުން 25 އަހަރުގެ ހުސެއިން މަވާޒް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފި އެވެ.

ޝުއައިބުގެ މަރާ ގުޅިގެން މަވާޒް ހައްޔަރު ކުރީ އޭނާ އަމިއްލައަށް ފުލުހަށް ހާޒިރު ވުމުން އިއްޔެ އެވެ. ފުލުހުން ދެންމެ ބުނީ މަވާޒްގެ ބަންދަށް ގޮތް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.

މަރަދޫފޭދޫ ބްލޫސްޓާ ކުރިމަތީ ޝުއައިބަށް ހަމަލާ ދީފައި ވަނީ ބުދަ ދުވަހުގެ ރޭ 11:23 އެހާކަންހާއިރު އެވެ. ޝުއައިބުގެ ހަށިގަނޑިގެ ގިނަ ތަންތަނަށް ކަތުރަކުން ހަމަލާދީފައިވެ އެވެ. ސ. އަތޮޅުގެ ވެރިރަށް ހިތަދޫގައި ހުންނަ އިކްއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މަރުވީ އެވެ. 

ބޭބެގެ ގަޔަށް ކަތުރު ހަރައި ރޭ ދިން ހަމަލާތަކެއްގައި ވަރަށް ފުން ޒަހަމްތައް އޭނާގެ ހަށިގަނޑު ގިނަ ތަންތަނަށް ދީފައިވާއިރު މެއަށް ވެސް ކަތުރު ޖަހާފައި ވެއެވެ.

ހަމަލަ ދިނީ ކީއްވެ؟ - ދެކުނުގެ އައްޑޫ ސިޓީގައި އައި މި ހާދިސާއަކީ އުމުރުން 25 އަހަރުގެ ހުސެއިން މަވާޒް އޭނާގެ ބޭބެ އަހުމަދު ޝުއައިބަށް ވަޅިން ހަމަލާ ދީގެން ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވި ހާދިސާއެކެވެ. ބޭބެއަށް އެ ހަމަލާ އޭނާ ދިނީ ފޯނެއްގެ މައްސަލައިގަ އެވެ. އޭރު އޭނާ ހުރީ މަސްތުގެ ހާލަތުގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.