މޭޑޭގެ ބޮޑު އެއް އެއްވުމުގައި ހަމަނުޖެހުން ހިނގި ވަގުތު އިމްރާން ވަނީ ފިއްލަވާފަ އެވެ. އެ ދުވަހު އިމްރާން ހައްޔަރު ކުރީ އަލީ ވަހީދާއި ދެ ބޭފުޅުން ގެއެއްގެ ތެރޭ ފިއްލަވައި ހުންނަވަނިކޮށެވެ.
ރާއްޖޭގައި ބާއްވާ ސިޔާސީ އެއްވުންތަކުގައި ހަމަނުޖެހުން ހިންގާފައި ސިޔާސީ ލީޑަރުން ފިއްލަވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅު ވެއްޖެ އެވެ.
ސިޔާސީ ގޮތުން ވަށައި ނުޖެހޭ އަދި އޮއްޓަރު ނުހުންނަ ޓްވީޓްތައް ކުރުން އާދައަކަށް ހައްދަވާފައިވާ އަދާލަތު ޕާޓީގެ ރައީސް މިފަދަ މޭރުމަކުން ވާހަކަފުޅު ދެއްކެވި އިރު މިރޭ މާލޭގައި އިދިކޮޅުގެ ބޮޑު އެއްވުމެއް ބާއްވަ އެވެ.
އިދިކޮޅު ޕީޕީއެމުން އިސް ނަގައި އުފައްދާފައިވާ އާންމު އިއްތިހާދަކުން މިރޭ އެއްވުމެއް ބާއްވަނީ ޗާގޯސް އާއި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެހުމުގެ މައްސަލަ އާއި ގުޅިގެނެވެ.
މިރޭ އޮންނަ އެއްވުން މާލޭގެ އަލިމަސް ކާނިވަލުގެ ހުސް ބިމުގައި ބާއްވަނީ ބޮޑު ޖަލްސާއެއްގެ ގޮތަށެވެ. އެ އެއްވުމަށް ތައްޔާރުވެ ވަގުތު ގުނަމުން ދަނިކޮށް އިމްރާން މިއަދު ހެނދުނު ވަނީ އާނާގެ އާދައިގެ މަތީން ޓްވީޓެއް ކުރައްވައި ސަމާލުކަން ހޯއްދަވާފަ އެވެ.
އޭނާ ވިދާޅުވީ ސިޔާސީ ބައެއް "ލީޑަރުން" ކަންކުރާ ގޮތަކީ އެއްވުންތަކަށް ގޮސް ހަމަނުޖެހުން ހިންގާ ރައްޔިތުން ލައްވާ ގޯސް ހަދާފައި މައިދާން ދޫކޮށްފައި ފިލައިގެން ދިއުން ކަމަށާއި އެއްވުންތަކުގައި ކުށްވެރި އަދަބު ލިބެނީ ނިކަމެތިންނަށް ކަމަށެވެ.
އިމްރާން އޭނާގެ ޓްވީޓްގައި މިހެން ލިޔުއްވަ އެވެ:
"ކުއްވެރިވެ އަދަބު ލިބެނީ ނިކަމެތި ރައްޔިތުންނަށް. ލީޑަރުން ތިބެނީ ފިލާ. ކޮންމެ ފިކުރަކަށް ނިސްބަތް ވިޔަސް އެއްވެސް ރައްޔިތަކު މިގޮތަށްވިޔަ ނުދެއްވާ."
އެ ބޮޑު މުޒާހަރާގެ އިސް ލީޑަރަކީ ދީނީ ދަންނަ ބޭކަލެއްގެ ގޮތުގައި ވެސް ހުންނަވާ އިމްރާނެވެ. އެ މުޒަހަރާގައި ޑރ. އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން ބޮޑެތި ގިނަ ދޮގު ތުހުމަތުތަކެއް ވެސް ދަންނަ ބޭކަލު، އިމްރާން ކުރެއްވި އެވެ.
އަދި މޭޑޭގެ ބޮޑު އެއް އެއްވުމުގައި ހަމަނުޖެހުން ހިނގި ވަގުތު ދަން ބޭކަލު އިމްރާން ވަނީ ވަނީ ފިއްލަވާފަ އެވެ. އެ ދުވަހު ފުލުހުން އިމްރާން ހައްޔަރު ކުރީ އޭރު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަލީ ވަހީދާއި ދެ ބޭފުޅުން ގެއެއްގެ ތެރޭ ފިއްލަވައި ހުންނަވަނިކޮށެވެ.