ވަޅި ހަރައި މަރަދޫފޭދޫން މަރާލި ޒުވާނާގެ ޖަނާޒާ އަސުރަށް ފަހު

ބޭބެގެ ގަޔަށް ވަޅި ހަރައި ރޭ ދިން ހަމަލާތަކެއްގައި ވަރަށް ފުން ޒަހަމްތައް އޭނާގެ ހަށިގަނޑު ގިނަ ތަންތަނަށް ދީފައިވާއިރު މެއަށް ވެސް ވަޅި ޖަހާފައި ވެއެވެ.

ރޭ އައްޑު އަތޮޅު މަރަދޫފޭދޫގައި ވަޅި ހަރައި މަރާލި އެ ރަށު ބްލޫސްޓާ / އަހުމަދު ޝުއައިބުގެ ޖަނާޒާ މިއަދު އަސުރު ނަމާދަށް ފަހު ބާއްވާނެ އެވެ. 

ޝުއައިބުގެ ޖަނާޒާ ބައްވަނީ އަސުރު ނަމާދަށް ފަހު އެ ރަށު މަސްޖިދުލް އަލީގަ އެވެ.

ފުލުހުންގެ ހިދުމަތުން ބުނީ - ފުލުހުންގެ އިދާރާއިން މިއަދު ބުނީ މަރަދޫފޭދޫ ގެއެއްގެ ދޮރިމަތީގައި ތޫނު އެއްޗަކުން މީހަކަށް ރޭ ހަމަލާ ދީފައިވަނީ 11:23 އެހާކަންހާއިރު އެވެ. އަދި ބުނީ ވަޅި ހަރައި ޒަހަމް ކޮށްލާފައި ވަނީ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހާ އެ އަތޮޅުގެ ވެރިރަށް ހިތަދޫގައި ހުންނަ އިކްއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ފުލުހުގައި ބުނެފައިވާ ކަމަށެވެ
ހަމަލަ ދިނީ ކީއްވެ؟ - ދެކުނުގެ އައްޑޫ ސިޓީގައި އައި މި ހާދިސާއަކީ އުމުރުން 25 އަހަރުގެ ހުސެއިން މަވާޒް އޭނާގެ ބޭބެ އަހުމަދު ޝުއައިބަށް ވަޅިން ހަމަލާ ދީގެން ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވި ހާދިސާއެކެވެ. ބޭބެއަށް އެ ހަމަލާ އޭނާ ދިނީ ފޯނެއްގެ މައްސަލައިގަ އެވެ. އޭރު އޭނާ ހުރީ މަސްތުގެ ހާލަތުގަ އެވެ.

ބޭބެގެ ގަޔަށް ވަޅި ހަރައި ރޭ ދިން ހަމަލާތަކެއްގައި ވަރަށް ފުން ޒަހަމްތައް އޭނާގެ ހަށިގަނޑު ގިނަ ތަންތަނަށް ދީފައިވާއިރު މެއަށް ވެސް ވަޅި ޖަހާފައި ވެއެވެ. ގޭ ދޮރުމަތީގައި ދެބެންގެ މި ހަމަލައަށް ފަހު ބޭބެ މަރުވި އިރު ކޮއްކޮ އަދި ހައްޔަރަށް ނަގާފައެއް ނުވެއެވެ.

އެންމެ ފަހުގެ ހަމަލާ - ވަޅި ހަރައިގެން އެންމެ ފަހުން މީހަކު މަރުވެފައި ވެނީ ފެބުރުއަރީ 26، 2023 ގައެވެ. އެ ދުވަހު މާލޭގެ މާފަންނު އަވަށުގެ ފިހާރައެއްގެ ތެރޭގައި ވަޅިން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމުކޮށްލި ޒުވާނާކަށް ފަރުވާ ދެނިކޮށް ދެންމެ މަރުވީ އެވެ. އެ ހަމަލާގައި މަރުވެފައި ވަނީ އުމުރުން 30 އަހަރުގެ މުހައްމަދު އަހްމަދު ދީދީ އެވެ.

\އެއީ ވެސް އައްޑޫ ސިޓީއަށް ނިސްބަތްވާ ޒުވާނެކެވެ. ބަޔަކު އޭނާއަށް ވަޅީން ހަމަލާދިނީ މުރަނގަ މަގުގައި ހުންނަ ކޮސްމެޓިކް ފިހާރާ، "ކްރާސާ" ގެ ތެރޭގައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.