ހިޔާ އަވަށުގައި އަނިޔާކޮށް ބުޅާތަކެއް މަރައިފި

މީގެ ކުރިން ވެސް މާލޭގެ އެކި ސަރަހައްދު ތަކުގައި ބުޅާ މަރާ މީހުންގެ މައްސަލަތައް ފެންމަތިވެފައި ވެއެވެ. ބުޅާ ގިނަވެ އާންމު އުނދަގުލަހަށް ވެފައިވާއިރު އެކަމަށް ހައްލެއްވެސް ހޯދައެއް ނުދެވެ އެވެ.

ހުޅުމާލޭ ހިޔާ ފްލެޓު ސަރަހައްދުގައި މަރާލާފައި ހުރި ބުޅާތައް

ހުޅުމާލޭގެ ހިޔާއަވަށް / ފޭސް ދޭއްގެ، ހިޔާ ޓަވަރުތައް ހިމެނޭ ސަރަހައްދުގައި އަނިޔާކޮށް ގިނަ އަދަދެއްގެ ބުޅާ މަރައިފި އެވެ. 

އޭގެ ތެރެއިން ބައެއް ބުޅާތައް މަރާލާފައި ތިބިތަން ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން ވެސް އެބަދެއެވެ. އިއްޔެއިން ފެށިގެން ދައުރުވާ އެ ވީޑިއޯއިން ފެންނަ ގޮތުގައި ބުޅާތައް މަރާލާފައި ވަލެއް ބޭނުންކޮށް ކަރުގައި ދަންމަޅިއެއް އަޅުވައި ދަން ޖައްސައިގެނެވެ. އެ ސަރަހައްދުގައި އެގޮތަށް މަރާލާފައި އޮތް ފަސް ބުޅާ ވީޑިއޯއިން ފެނެއެވެ. ނަމަވެސް އިތުރު ގިނަ ބުޅާތައް ހިޔާ އަވަށުގެ އެކި ދިމާއިން އެ ގޮތަށް ދަން ޖައްސައިގެން މަރާފައި ވެއެވެ. 

"ފްލެޓު ކައިރީ އުޅޭ އެއްޗިހިހެން ހީވަނީ. ގިނަ ބަޔަކަށް އެ މީހުން [ބުޅާތައް] އެތަނުގައި އުޅޭތީ އުނދަގޫވޭ. އެކަމަކު މިއީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން" ހިޔާ ސަރަހައްދުގައި ދިރިއުޅޭ މީހަކު އެ ވީޑިއޯއަށް ކުރި ކޮމެންޓެއްގައި ބުނެފައި ވެއެވެ.

މާލޭ ސިޓީގެ މާލޭގެ އާންމު ސަރަހައްދުތަކުގައި އުޅޭ ބުޅަލުގެ އަދަދު ބޮޑު ތަނުން އިތުރުވެފައިވާއިރު، ހުޅުމާލެ އާއި އެ ރަށުގެ ހިޔާއަވަށުގައި ވެސް ބުޅަލުގެ އާބާދީ ވަނީ ބޮޑުތަނުން މައްޗަށް ގޮސްފައެވެ. މާލޭ ސިޓީއަށް ގިނަ ވެފައިވާ ބުޅާ ތަކަކަކީ ގެންގުޅުމަށް ފަހު މީހުން މަގުމަތިކޮށް ދޫކޮށްލާ ބުޅަލެވެ. އޭގެ ސަބަބުން ބައި ބޯ މާލޭ ސިޓީގައި ބުޅަލު ނުހޮރުއްޕާން / ބުޅަލާ ހެދި ވާ އުނަގޫ ބޮޑުވެފައި ވެއެވެ.

މީގެ ކުރިން ވެސް މާލޭގެ އެކި ސަރަހައްދު ތަކުގައި ބުޅާ މަރާ މީހުންގެ މައްސަލަތައް ފެންމަތިވެފައި ވެއެވެ. އެގޮތުން، ވިލިމާލޭގައި ގިނަ އަދަދެއްގެ ބުޅާ އެއް ގޮތަކަށް މަރާފައި ހުއްޓާ ފެންނާތީ، މިދިޔަ އަހަރުގެ ތެރޭގައި އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މާލެއިން ވެސް ބުޅާ މެރުމާއި، އެ ސޮރުމެންނަށް އަނިޔާ ކުރުމުގެ މައްސަލަތައް އާންމުން ފާހަގަ ކޮށްފައި ވެއެވެ. ނަމަވެސް، އެފަދަ އެއްވެސް މައްސަލައެއްގައި މިހާތަނަށް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

މާލޭގެ މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނު ވައުދުތަކުގެ ތެރޭގައި މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓާނެ ވަސީލަތެއް ގާއިމުކުރުން ހިމެނެ އެވެ. އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ކައުންސިލުން މިހާރު ވަނީ ފާސްކޮށްފަ އެވެ. 

ކޮމެންޓް

2
450
އަހުމަދު
1 year ago

އެހެން ގައުމުތަކުގައި ޖަނަވާރުންނަށް ހާދަ ކަމެއް ހިތައޭ، މި ދިވެހިރާއްޖޭގައި މި ކެރެނީ އަނިޔާކޮށް މަރާލަން

އިސްބެ
1 year ago

ކިހާ ދެރަކަމެއް، މި ކަމަށް ފިޔަވަޅު އަޅަން މިހާރުން މިހާރަށް ގޮވާލަން.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.