މަރަދޫފޭދޫގައި ވަޅި ހަރައި މީހަކު މަރާލައިފި

އައްޑު އަތޮޅުން އައި މި މަރާ ގުޅޭ ހާދިސާގެ ތަހުގީގެއް ފުލުހުން ވަނީ ރޭ ފަށާފަ އެވެ.

މާލޭގައި ހުންން ފުލުހުންގެ އޮފީހެއް: މަރުގެ އެ ހާދިސާ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން
  •  މަސްތުގައި ހުރެ ވަޅިން ހަމަލާ ދިނީ ކޮއްކޮ ބޭބެއަށް

ދެކުނުގެ އައްޑޫ ސިޓީގެ މަރަދޫފޭދޫގައި ޒުވާނަކު އޭނާގެ ބޭބެގެ ގަޔަށް ވަޅި ހަރައި ރޭ ދިން ހަމަލާތަކެއްގައި ވަރަށް ފުންކޮށް ޒަހަމްވެ ފަރުވާ ދެމުން ދަނިކޮށް މަރު ވެއްޖެ އެވެ.   

ފުލުހުންގެ ހިދުމަތުން ބުނީ - ފުލުހުންގެ އިދާރާއިން މިއަދު ބުނީ މަރަދޫފޭދޫ ގެއެއްގެ ދޮރިމަތީގައި ތޫނު އެއްޗަކުން މީހަކަށް ރޭ ހަމަލާ ދީފައިވާ ކަމަށް 11:23 އެހާކަންހާއިރު ފުލުސް އިދާރާއަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އަދި ބުނީ ވަޅި ހަރައި ޒަހަމް ކޮށްލާފައި ވަނީ 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެ މީހާ އެ އަތޮޅުގެ ވެރިރަށް ހިތަދޫގައި ހުންނަ އިކްއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ފުލުހުގައި ބުނެފައިވާ ކަމަށެވެ. 

ހަމަލަ ދިނީ ކީއްވެ؟ - ހަމަލާއެއް އައީ މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލައެއްގައ ދެބެންގެ މެދުގައި ޒުވާބެއް އުފެދިގެނެވެ. މާރާމާރީ ހިންގައި ވަޅި ހަރާފައި ވަނީ އެ ދެބެންގެ ގޭގެ ކުރިމަތީންނެވެ. އެ ހަމަލާގައި 21 އަހަރުގެ ކޮއްކޮ އޭނާގެ ބޭބެގެ މޭމަތިން އެތައް ތަނަކަށާއި ހަށިގަނޑުގެ އެހެން ތަންތަނަށް ވަޅި ޖަހާފައި ވެއެވެ. ވަޅިން ހަމަލާ ދިނީ ވެސް މަސްތުގެ ހާލަތުގައި ހުރެ އެވެ. ދެބެންގެ މި ހަމަލައަށް ފަހު ބޭބެ މަރުވި އިރު ކޮއްކޮ އަދި ހައްޔަރަށް ނަގާފައެއް ނުވެއެވެ.
އެންމެ ފަހުގެ ހަމަލާ - ވަޅި ހަރައިގެން އެންމެ ފަހުން މީހަކު މަރުވެފައި ވެނީ ފެބުރުއަރީ 26، 2023 ގައެވެ. އެ ދުވަހު މާލޭގެ މާފަންނު އަވަށުގެ ފިހާރައެއްގެ ތެރޭގައި ވަޅިން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމުކޮށްލި ޒުވާނާކަށް ފަރުވާ ދެނިކޮށް ދެންމެ މަރުވީ އެވެ. އެ ހަމަލާގައި މަރުވެފައި ވަނީ އުމުރުން 30 އަހަރުގެ މުހައްމަދު އަހްމަދު ދީދީ އެވެ. އެއީ ވެސް އައްޑޫ ސިޓީއަށް ނިސްބަތްވާ ޒުވާނެކެވެ. ބަޔަކު އޭނާއަށް ވަޅީން ހަމަލާދިނީ މުރަނގަ މަގުގައި ހުންނަ ކޮސްމެޓިކް ފިހާރާ، "ކްރާސާ" ގެ ތެރޭގައެވެ.

ކޮމެންޓް

2
450
ފައިރޫޒާ
1 year ago

ސަލާމަތް ކަމާ ރައްކާތެރިކަން އެއްވެސް ތާކުން އެއްވެސް މީހެއްކައިރިން ނެތްކަން މި އެނގެނީ. އެއްބަނޑު މީހެއް ތިމާގެ މީހެއް އެޔެއް މިޔެއް ނުބަލަ މީހުނަ މަރާކަށް ބިރެއްނެއް. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ،

އާރިފާ އަލީ
1 year ago

އައްޑޫ ގެ ނަން ހަޑިކުރަން މަސައްކަތް ކޮއްފަ އޮތްހެން ހީވަނީ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.