ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ސްޓޫޑެންޓް ލޯނަށް މި އަހަރު ކުރިމަތިލި ދަރިވަރުންގެ ތެރެއިން ލޯނުގެ ޝަރުތު ފުރިހަމަވި ހުރިހާ ދަރިވަރުންނަށް ލޯން ދޫކުރައްވަން ނިންމަވާފައިވާ ކަމަށް މިރޭ އިއުލާން ކުރައްވާފަ އެވެ.
ސްޓޫޑެންޓް ލޯނަށް މި އަހަރު ކުރިމަތިލި ދަރިވަރުންގެ ތެރެއިން ލޯނުގެ ޝަރުތު ފުރިހަމަވި ހުރިހާ ދަރިވަރުންނަށް ލޯން ދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.
އެމަނިކުފާނުގެ އެ ނިންމެވުން ހާމަ ކުރެއްވީ "މަތީ އަރުތަވެރީންގެ އިނާމް 2021-2022" ޖަލްސާ ޝަރަފުވެރިކޮށް ދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވަނީ ސްޓޫޑެންޓް ލޯނަށް މި އަހަރު ކުރިމަތިލި ދަރިވަރުންގެ ތެރެއިން ލޯނުގެ ޝަރުތު ފުރިހަމަވި ހުރިހާ ދަރިވަރުންނަށް ލޯން ދޫކުރައްވަން ނިންމަވާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެކަމާއި ގުޅޭ ތަފްސީލު ދޭން މާދަމާ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ނޫސްވެެރީންގެ ބައްދަލްވުމެއް ބާއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މި އަހަރު ލޯނަށް ހުށައެޅި ދަރިވަރުންގެ ތެރެއިން 1،225 ދަރިވަރުންގެ ޝަރުތު ފުރިހަމަ އެވެ. އެ ހުރިހާ ދަރިވަރުންނަށް ލޯން ދޫކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ދަރިވަަރުންނަށް ދޫކުރެވޭ ލޯނާއެކު ލޯން ދޫކުރި ދަރިވަރުންގެ އަދަދު 3،211 އަށް އަރާނެ ކަމަށެވެ.
މިއީ މިހާތަނަށް އެއްވެސް ސަރުކާރަކަށް ހާސިލު ކުރެވިފައިވާ ކަމެއް ނޫނެވެ.
މިފަހަރުގެ ލޯނު ފުރުސަތުތައް ހުޅުވާލާފައި އޮތީ ޑިޕްލޮމާއިން ފެށިގެން، ޕީއެޗްޑީ ފެންވަރާ ހަމައަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް، ޑިޕްލޮމާ ފެންވަރަށް ކިޔެވުމަށް ހާއްސަ ފުރުސަތުތަކެއް ހުޅުވާލާފައި ވެސް ވެއެވެ.
މީގެ އިތުރުން ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގުރާމުގައި ކިޔަވަމުންދާ ދަރިވަރުންނަށް އިތުރު ހަރަދުތައް ހަމަޖެއްސުމަށްޓަކައި ލޯނަށް ކުރިމަތިލެވޭނެ އެވެ. ކުރިޔާ ހިލާފަށް، މި އަހަރު އެ ލޯނަށް ހުރިހާ ދާއިރާއެއްގެ ކޯސްތައް ހަދަމުންދާ ދަރިވަރުންނަށް ވެސް ކުރިމަތިލެވޭނެ އެވެ.
ހަޔާ އެޑިއުކޭޝަނުން ބުނި ގޮތުގައި މި އަހަރުގެ ލޯނަށް ހުޅުވާލިއިރު، އާންމުކޮށް ޑިމާންޑު ބޮޑު ތިން ދާއިރާއެއްގެ ކޯސްތަކަށް ވަނީ ފުރުސަތު އިތުރުކޮށް ދީފައެވެ.
ޕީއެޗްޑީ ފެންވަރަށް ކިޔެވުމަށް 15 ފުރުސަތެއް ވެސް މި ފަހަރު ވަނީ ހުޅުވާލާފައެވެ.
ސަރުކާރުން ބުނި ގޮތުގައި އެ ފުރުސަތުތަކަކީ ޕްރައިވެޓް ކޮލެޖުތައް ބާރުވެރި ކުރުވުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. އެހެންކަމުން، އެ ފުރުސަތުތަކަށް ކުރިމަތިލެވޭނީ ޕްރައިވެޓް ކޮލެޖެއްގެ އެންޑޯސްމަންޓާއެކު އެވެ.
ކުރިން ސްޓޫޑެންޓް ލޯނު ނަގާފައިވާ ދަރިވަރުންގެ ތެރެއިން، އަމިއްލަ އިހުތިޔާރުގެ ބޭރުން ހިނގާ ކަމަކާ ގުޅިގެން، ކޯސް ފުރިހަމަ ނުވާ ދަރިވަރުންނަށް ލޯނު މުއްދަތު އިތުރު ކުރަން އެދުމުގެ ފުރުސަތު ވެސް ހުޅުވާލާފައި ވެއެވެ.
އަޅުގަނޑަށް ފެނޭ އަހަރަކު 1 ފަހަރު ތި އިލެކްޝަން ބާއްވަން..... ހާދަ ހެޔޮފުޅޭ. މައި ވޯޓް އިޒް ފޯ އިބޫ!