ރާއްޖެ އެތެރެކުރި އިންޖެކްޝަނެއްގެ ބެޗެއް މަނާކޮށްފި

ފުޑް އެންޑް ޑުރަގް އޮތޯރިޓީން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު އެ އިންޖެކްޝަން އުފައްދާފައި ވަނީ އިންޑިއާގެ އިމްދާބާދުން ނެވެ.

ރާއްޖެ އެތެރެ ކޮށްފައިވާ އެސިލޮކް (ރެނިޓިޑައިން އިންޖެންޝަން) ގެ ބެޗެއްގައި ކޮލިޓީ މައްސަލައެއް ދިމާވެ އެ ބެޗް ބޭނުން ނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްއޭޑީއޭ) އަންގައިފި އެވެ. 

އެ އޮތޯރިޓީއިން މިއަދު ވަނީ އެކަމާބެހޭ އެލާޓަކާއެކު އިއުލާނެއް ގެޒެޓް ކޮށްފަ އެވެ. އޭގައި ބުނެފައި ވަނީ މި ޕްރޮޑަކްޓްގެ މި ބެޗް، ރާއްޖެ އެތެރެ ކުރުމާއި ވިއްކުން އަދި ބޭނުން ކުރުމަކީ ވެސް މަނާ ކަމެއް ކަމަށެވެ. އަދި ބުނެފައި ވަނީ އެ ބޭހުގައި މައްސަލަ ދިމާވެފައިވާ ބެޗް، ރާއްޖޭގެ އެއްވެސް ފާމަސީއެއް ނުވަތަ ސިއްހީ ހިދުމަތްދޭ ތަނެއްގައި ހުރި ނަމަ އެކަން އެމްއެފްއޭޑީއޭގެ ހޮޓްލައިނާ ހިއްސާ ކުރަން އެދޭ ކަމަށެވެ. 

ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެ ކުރާ އިރު ހާއްސަ ސަމާލު ކަމެއްދީގެން ޕޯޓްތަކުގައި ބަލައި ފާސް ކުރަމުން ގެންދާނެ ކަމަށް ބުނެފައި ވެއެވެ.   

ފުޑް އެންޑް ޑުރަގް އޮތޯރިޓީން އިން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު އެ އިންޖެކްޝަން އުފައްދާފައި ވަނީ އިންޑިއާގެ އަހުމަދުއާބާދުން ނެވެ. އެއި 25 މިލި ގްރާމްގެ އިންޖެކްޝަނެކެވެ. އެ ބެޗް އުފައްދާފައި ވަނީ 2021 ވަނަ ވަނަ އަހަރުގެ ހަތް ވަނަ މަހުގަ އެވެ. އަދި އެކްސްޕަޔާ ވަނީ 2024 ވަނަ އަހަރުގެ ހަވަނަ މަހުގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.