މި ހާދިސާ ހިނގި އިރު މި މަހުގެ ކުރީކޮޅުވެސް މޫސުން ގޯސް ވެގެން ފެންބޮޑުވުމާ ގުޅިގެން ހިނގި ހާދިސާތަކުގައި 15 މީހުން ވަނީ މަރުވެފައި ވެއެވެ.
އިޓަލީގެ ލޮމްބަޑިޔާ ސަރަހައްދުގައި ފަތުރުވެރިންނާއެކު ދަތުރުކުރަމުންދިޔަ ބޯޓެއް ބަންޑުންޖަހައިލާ ހަތަރު މީހުން މަރުވެއްޖެ އެވެ. މޫސުން ގޯސްވެ ބޯޓު ބަނޑުންޖަހައިލުމުން ގިނަ އަދަދެއްގެ ބަޔަކު ވަނީ ކޯރުގެ ތެރެއަށް ވެއްޓިފަ އެވެ.
ބަންޑުން ޖަހައިލި ބޯޓުން ބައެއް މީހުން އަމިއްލައަށް ފަތާފައި ގޮސް ސަލާމަތްވި ނަމަވެސް ބައެއް މީހުން ވަނީ ގެއްލިފަ އެވެ. އެ މީހުން ހޯދުމުގެ މަސައްކަތް ހެލިކޮޕްޓަރާއި ޑައިވަރުންނާއެކު ރެސްކިއު ޓީމުތަކުން ދަނީ ކުރަމުންނެވެ.
ބޯޓު ބަންޑުން ޖަހާލައިގެން މަރުވި ހަތަރު މީހުންގެ ތެރެއިން ދެ މީހަކީ އިޓަލީ ޖާސޫސީ ދެ އޮފިޝަލެކެވެ. އަނެއް މިހާއަކީ އިޒްރޭލުގެ އަންހެނެކެއެވެ.
ބޯޓު ބަންޑު ޖަހައިލި ލޭކް މަޖޯރޭއަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ފެންގަނޑަކެވެ.
މި ހާދިސާ ހިނގި އިރު މި މަހުގެ ކުރީކޮޅުވެސް މޫސުން ގޯސް ވެގެން ފެންބޮޑުވުމާ ގުޅިގެން ހިނގި ހާދިސާތަކުގައި 15 މީހުން ވަނީ މަރުވެފައި ވެއެވެ.