މާފަރުން ޕާޓީތަކަށް ބިން: 15 އަހަރަށް، އަކަފޫޓެއް 2ރ. އަށް

ބިން ދޭއިރު ގައުމުތަކުގެ ހާރިޖީ ގުޅުމަށް ބުރޫއަރާފަދަ ވާހަކަ ދެއްކުން މަނާކޮށްފައިވެ އެވެ. އަދި އެ ބިމުގައި ވިޔަފާރިއެއް ނުކުރެވޭނެ އެވެ.

ނ. މާފަރު: ސިޔާސީ ޕާޓީތަކަށް ބިން ދޭނެ އުސޫލެއް ވަނީ ކަނޑައަޅާފައި

ނ. މާފަރުން ސިޔާސީ ޕާޓީތަކަށް ބިން ދޭ އުސޫލެއް އެ ރަށު ކައުންސިލުން ވަނީ އެކުލަވާލާފަ އެވެ. އެ އުސޫލުގައިވާ ގޮތުންނަމަ ބިން ދޭނީ 15 އަހަރެވެ. އަދި އަގު ކަނޑައަޅާފައި ވަނީ އަކަފޫޓަކަށް 2ރ. އަށްވުރެ ކުޑަވާނެ ގޮތަށެވެ. 

މާފަރު ކައުންސިލުން ނެރެފައިވާ އުސޫލުގައިވާ ގޮތުން އެއީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ޕާޓީގެ ދަފްތަރުގައި 10،000 މީހުން ހަމަވާ ސިޔާސީ ޕާޓީތަކަށ،ް ޕާޓީ ހިންގުމަށް ބޭނުންވާ އިދާރީ އޮފީސް ނުވަތަ ހަރުގެ ހެދުމަށާއ،ި ސިޔާސީ ހަރަކާތައް ހިންގަން މާފަރުން ބިން ދޫކުރަން ހެދި އުސޫލެކެވެ. 

އެ އުސޫލުގައިވާ ގޮތުން އެއްވެސް ސިޔާސީ ޕާޓީއަކުން ބިން ހޯދަން މާފަރު ކައުންސިލަށް އެދިއްޖެ ނަމަ އެ ބިން ދޫކުރާނެ ތަން މާފަރުން ފާސް ކޮށްފައިވާ ލޭންޑް ޔޫސް ޕްލޭނުގައި ބަޔާން ކޮށްފައިވާ ބިންތަކުގެ ތެރެއިން މާފަރު ކައުންސިލުން ކަނޑައަޅާ ބިމެއް އެ ސިޔާސީ ޕާޓީއަކަށް ދޫކުރާނެ އެވެ. 

ބިން ދޫކުރާނީ 15 އަހަރުގެ ދުވަހަށް ޕާޓީއަކާއި މާފަރު ކައުންސިލާއި ދެމެދު ހަދާ އެއްބަސްވުމަކުންނެވެ. އަދި ސިޔާސީ ޕާޓީތަކަށް ބިން ދިނުމުގައި ބަލަނީ މާފަރުގައި ބިންހުރި ނިސްބަތަކުން 3000 އަކަފޫޓަށްވުރެ ބޮޑު ނޫން ބިންތަކެވެ.  

މާފަރުން ސިޔާސީ ޕާޓީއަށް ބިންދޭ އުސޫލު

  • ބިމުގެ ބޮޑު މިން 3،000 އަކަފޫޓަށްވުރެ ބޮޑު ނޫން
  • ދޫކުރާނީ އަކަފޫޓެއް 2ރ. އަށް، ފަސް އަހަރުމް ބަދަލު ގެނެވޭނެ
  • ކޮންމެ ޕާޓީއަކަށް ވެސް ދޫކުރާނީ އެންމެ ބިމެއް

މާފަރު ކައުންސިލުން ސިޔާސީ ޕާޓީތަކަށް ބިން ދެނީ ކަނޑައެޅިފައިވާ އުސޫލެއް މަތިން ޝަރުތުތަކަކާއެކުގަ އެވެ. ބިން ބޭނުން ކުރެވޭނީ ގާނޫނުތަކާއި ގަވާއިދުތައް ހުއްދަކުރާ ތަރަހައިގެ ތެރޭގަ އެވެ. ސިޔާސީ ޕާޓީއަށް ދޫކުރެވޭ ބިމުގައި ރަށުގެ އާންމު މަސްލަހަތު ގެއްލޭފަދަ ކަންކަމާއ،ި އާއްމު ރައްޔިތުންނަށް އުނދަގޫ ވާފަދަ ކަންކަމެއް ނުކުރެވޭނެ އެވެ. އިސްލާމް ދީނާއި ހިލާފު އެއްވެސް އަމަލެއް ނުވަތަ ކަމެއް ނުވަތަ ޝިއާރެއް ބޭނުން ނުކުރެވޭނެ އެވެ. ހާރިޖީ ގުޅުންތަކަށް ހީނަރުކަން ލިބިދާނެ ފަދ،ަ ނުވަތަ ބޭރު ގައުމަކާއި ގުޅޭގޮތުން ނުވަތަ އެފަދަ ގައުމަކަށް ނިސްބަތްވާ ރައްޔިތުންނާއި މެދު ނުރަނގަޅު ތަސައްވުރެއް އުފެދޭ ޒާތުގެ އެއްވެސް ކަމެއް ނުކުރެވެ އެވެ. 

މާފަރަށް ނަޒަރެއް - މާފަރަކީ ނ. އަތޮޅުގައި އިގްތިސޯދީ މަސައްކަތްތަކުގައި މުހިންމު ރަށެކެވެ. ރަށުގެ ގިނަ ބަޔަކު މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރަށް މިހާރު އެންމެ ބޮޑަށް އިސްކަންދެނީ ފަތުރުވެރިކަމުގެ ވިޔަފާރިއަށެވެ. މާފަރަކީ ކުޅިވަރުގައި ފާހަގަކޮށްލެވޭ ރަށެކެވެ. "ވަކަބެ ކަނޑޫފާ" ކިޔާ ކަނޑޫފަލެއް އޮވެއެވެ. "އަޑުގޮވާ ކަންހޫނު" ކިޔާތަނެއް ރަށުގައި އޮވެއެވެ. ތާރީހީ ފޮތްތަކުގައިވެސް އެ ތަނުގެ ވާހަކަ އޮވެއެވެ. މިރަށް ފާހަގަ ކުރެވިފައިވަނީ އަތޮޅުގައި އޮންނަ އެންމެ ދިގު ރަށުގެ ގޮތުގަ އެވެ. މިއީ ބޮޑު މިނުގައި 130.5 ހެކްޓަރު ހުންނަ ރަށެކެވެ. ރަށުގެ އާބާދީއަކީ 846 އެވެ.

ކޮމެންޓް

1
450
އަލީ
1 year ago

އެހެން ރަށްރަށުގައި ވެސް މިގޮތަށް ކަން ކުރަން ފެނޭ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.