ގުދުސްގައި ބަޑިހައި ބަޔަކު ޒަހަމް ކޮށްލައިފި

އިޒްރޭލުގައި ގާއިމް ކޮށްފައިވާ އެމެރިކާގެ އެމްބަސީން ބުނާ ގޮތުގައި ޒަހަމްވި އެމެރިކާ މީހުނަކީ ޓޫރިސްޓުންގެ ގޮތުގައި ގުދުސަށް އެރި އެއް އާއިލާއެއްގެ ބައެކެވެ.

ހަމަލާއަށް ފަހު އިޒްރޭގެ ފުލުހުން އިންވެސްޓިގޭޝަން ކުރިޔަށް ގެންދަނީ: ހަމަލާގައި އެމެރިކާ ބަޔަކު ވެސް ޒަމްވި -- އަލް ޖަޒީރާ

ގުދުސްގެ ކޭމްޕެއްގެ ތެރެއަށް އަމާޒުކޮށް ބަޑީގެ ހަމަލާތަކެއް ބަދަލުކޮށް އަށް މީހަކު ވަރަށް ބޮޑަށް ޒަހަމް ކޮށްލައިފި އެވެ. ބަޑިން ހަމަލާ ދިން މީހާ ވަނީ ހަމަލާ ދިނުމަށް ފަހު ފިލާފައިގެން އިރުގަނޑަކު އުޅެފަ އެވެ.

ހަމަލާގައި އެމެރިކާގެ ފަސް މީހަކާއި އިޒްރޭލްގެ ތިން މީހަކު ހިމެނެ އެވެ. ބަޑީގެ ހަމަލާތައް އެ މީހުނަށް އަމާޒުވީ ފަލަސްތީނުގެ އަލްއަގްސޯ މިސްކިތް ކައިރިން ޔަހޫދީން އަޅުކަން ކުރާ ސަރަހައްދެއްގެ ކޭމްޕެއްގައި މަޑުކޮށްލައިގެން ތިއްބަ އެވެ. އޭގެ ތެރެއިން ދެމީހެއްގެ ހާލު ދެރަވެފައިވާއިރު އަނެއް ހަ މީހުންގެ ހާލު އެހާ ގޯހެއް ނޫނެވެ.

އިޒްރޭލުގައި ގާއިމް ކޮށްފައިވާ އެމެރިކާގެ އެމްބަސީން ބުނާ ގޮތުގައި ޒަހަމްވި އެމެރިކާ މީހުނަކީ ޓޫރިސްޓުންގެ ގޮތުގައި ގުދުސަށް އެރި އެއް އާއިލާއެއްގެ ބައެކެވެ.

އިޒްރޭލުން ވަނީ މި ހަމަލާތަކަށް ފަހު ހާއްސަ އޮޕަރޭޝަނެއް ފަށާއި ބަޑި ޖެހި އާމިރު ސިދާވީ ހޯދާފަ އެވެ. އެ މީހާ ހޯދުމުން އަމާން ދިނުމާއެކު އޭނާ ގެންގުޅުނު ބަޑި ވެސް ސިފައިންނާ ހަވާލު ކުރި އެވެ. އެ މީހާއަކީ ފަލަސްތީނަށް އުފަން އެކަމަކު އިޒްރޭލުގެ ރަށްވެއްސެކެވެ. ކޯޓުން ވަނީ އޭނާ ބަންދުގައި ބަހައްޓަން އަމުރެއް ނެރެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.