އެމްއައި ކޮލެޖުން އެކައުންޓެންޓުންނަށް ހާއްސަ ސެމިނާއެއް

މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ތިންވަނަ ދުވަހު އެމްއެންޔޫ އޮޑިޓޯރިއަމްގަ އެވެ. މި ސެމިނާ ކުރިއަށް ދާނީ ހެނދުނު 10:00 އިން ފެށިގެން 3:00 ގެ ނިޔަލަށް ދެ ސެޝަން އަކަށް ބަހާލައިގެންނެވެ.

އެމްއައި ކޮލެޖުން ބާއްވާ ސެމިނާގެ ޕޯސްޓަރެއް

އެމްއައި ކޮލެޖުން ޕްރޮފެޝަނަލް އެކައުންޓެންޓުންނަށް ހާއްސަ ސެމިނާއެއް ބާއްވަން ތައްޔާރު ވެއްޖެ އެވެ.

އެމްއައި ކޮލެޖުން މައުލޫމާތުދޭ ގޮތުގައި، މި ފޯރަމަކީ އެ ދާއިރާގެ ޕްރޮފެޝަނަލުންނާއި އެކްސްޕާޓުން އެއްތަނަކުން ބައްދަލުކޮށް، ފައިނޭންސިން އާއި ގަވަނެންސް އަދި ޕޮލިސީއާ ގުޅުން ހުރި ކަންކަމާ މަޝްވަރާ ކުރެވޭނެ ޕްރޮގްރާމެކެވެ.

މި ފޯރަމުގައި އެކައުންޓިން ދާއިރާއާ ގުޅޭ އެކިއެކި ތީމްތަކަށް ބިނާކޮށް މަޝްވަރާތައް ކުރަން ވަނީ ހަމަޖައްސާފަ އެވެ. އެގޮތުން، ރެގިއުލޭޝަން އަދި ގަވަނެންސް، ޑިޖިޓަލް ޓެކްނޮލޮޖީ، ގްލޯބަލައިޒޭޝަން، ދާއިރާއަށް ހުރި އުންމީދުތަކުގެ އިތުރުން އެކައުންޓެންޓުންގެ ކެރިއަރާ ގުޅުންހުރި މުހިންމު ދާއިރާތައް ހިމެނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  •  ޓެކްނިކަލް އެންޑް އެތިކަލް (ޓެކް)
  •  އިންޓެލިޖެންސް (އައިކިއު)

މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ތިންވަނަ ދުވަހު އެމްއެންޔޫ އޮޑިޓޯރިއަމްގަ އެވެ. މި ސެމިނާ ކުރިއަށް ދާނީ ހެނދުނު 10:00 އިން ފެށިގެން 3:00 ގެ ނިޔަލަށް ދެ ސެޝަން އަކަށް ބަހާލައިގެންނެވެ. 

ފުރަތަމަ ސެޝަން ކުރިއަށް ދާނީ 10:00 އިން 12:00 ގެ ނިޔަލަށެވެ. ގަޑިއިރެއްގެ ބްރޭކަކަށްފަހު ދެން ކުރިއަށްދާނީ 1:00 އިން 3:00 އަށެވެ.

މި ސެމިނާގައި ބައިވެރިވުމަށް ކިއުއާރް ކޯޑް ސްކޭން ކޮށްލެވޭނެ އެވެ. ނޫނީ ގޫގުލް ފޯމެއް ވެސް ފުރާލެވޭނެ އެވެ.

ފިތާލާ: ސެމިނާގައި ބައިވެރިވާން ފުރާ ފޯމްގެ ލިންކް 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.