އާ ސަހަރާ ބަންދުކޮށް މީހުން ވަޅުލުން ހުޅުމާލެއަށް

ކައުންސިލުން ބުނީ އާސަހަރާ ތަރައްގީ ކުރުމަށްޓަކައި އިމާރާތަށް ގެންނަންޖެހޭ މުހިންމު ބަދަލުތައް ދެ މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އާ ސަހަރާ -- މި

އާސަހަރާ މަރާމާތުގެ މަސައްކަތް މާދަމާ ފެށުމަށް ނިންމާ އެ މަސައްކަތް ނިމެންދެން މައްޔިތުންގެ ކަށުކަމާކެމީގެ ކަންކަން ހުޅުމާލެ ސަހަރާގައި ކުރިއަށް ގެންދަން ނިންމައިފި އެވެ.

މާލެ ސިޓީ ކައުންސިިލުން މިއަދު ބުނީ އާސަހަރާ ތަރައްގީ ކުރުމަށް ނިންމާ އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ކުރަން ޖޭހޭ މަސައްކަތް މާދަމާ ފަށާނެ ކަމަށެވެ. މި މަސައްކަތްތަކާއި ގުޅިގެން އާސަހަރާގައި މައްޔިތުންގެ ކަށުކަމާކެމީގެ ކަންކަމަށް ދިމާވެދާނެ ދަތިތަކަށްޓަކައި ނިޔާވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ހުޅުމާލެ ސަހަރާގައި ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށްވެސް ކައުންސިލުން ބުންޏެވެ.

މަރާމާތުގެ މަސައްކަތް ކުރާނީ ނަމާދު ވަގުތުތައް ނޫން ވަގުތުތަކުގައެވެ. އަދި އާސަހަރާގެ މިސްކިތުގައި ނަމާދު ކުރެވޭނެ ކަމަށްވެސް ކައުންސިލުން ބުންޏެވެ.

އެ ކައުންސިލުން ބުނީ އާސަހަރާ ތަރައްގީ ކުރުމަށްޓަކައި އިމާރާތަށް ގެންނަންޖެހޭ މުހިންމު ބަދަލުތައް ދެ މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ސަހަރާ ތަރައްގީ ކުރުމަށް ސިޓީ ކައުންސިލުން ނިންމާފައިވަނީ އަންހެންނާއި ފިރިހެނުންނަށް ނަމާދުކު ރުމަށް ކަނޑައެޅިފައިވާ ޖާގަ އިތުރު ކުރުމާއި އަންހެނުންނަށް ހާއްސަކޮށް ވުލޫ ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި ސަހަރާގައި މަޑުކޮށްލައިގެން ތިބެވޭނެ ވެއިޓިން އޭރިއާ އަކާއި އެކުގައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.