ރައީސާ އެއްބަނޑު އެއްބަފާ ލޯފަން ތިން ހާފިޒުންނަށް އިމާމް ޑިގްރީ

އެއީ މޫސާ މުހައްމަދު ސޯލިހާއި އަބްދުﷲ ޝާޒްލީ އާއި ހުސެއިން ޝަޔާޒެވެ. އެ ތިން ބޭފުޅުންނަކީ ވެސް ލޯފަން ބޭފުޅުންގެ އިތުރުން ހާފިޒުންނެވެ.

މޫސާ މުހައްމަދު ސޯލިހާއި އަބްދުﷲ ޝާޒްލީ އާއި ހުސެއިން ޝަޔާޒް ރައީސް ސޯލިހާއެކު

ބްލޮކް މޮޑިއުލުގައި އިމާމު ކަމުގެ ޑިގްރީ ޕްރޮގްރާމް ފުރިހަމަ ކުރައްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެއްބަނޑު އެއްބަފާ ތިން ބެއިން ރޭ ދަސްވެނިވެ ވަޑައިގެންފި އެވެ. 

ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންނަށް ޑިގްރީ ފެންވަރަށް ކިޔަވައި ދޭން އިސްލާމިކް މިނިސްޓަރީ އާއި އިސްލާމީ ޔުނިވާސިޓީން 2020 ވަނަ އަހަރު ފެށި ޕްރޮގްރާމްގައި  78 އިމާމުން ވަނީ ދަސްވެނިވެ ރޭ ވަނީ ދަސްވެނީންގެ ހަފުލާ ބާއްވާފަ އެވެ

އެ ޕްރޮގްރާމުގެ ދަސްވެނީންގެ ހަފުލާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޝަރަފުވެރިކޮށް ދެއްވި އިރު ޑިގްރީ ފުރިހަމަ ކުރެއްވި ބޭފުޅުންގެ ތެރޭގައި އެ މަނިކުފާނުގެ އެއްބަނޑު އެއްބަފާ ތިން ބޭފުޅަކު ހިމެނި ވަޑައިގަތެވެ.  

އެއީ މޫސާ މުހައްމަދު ސޯލިހާއި އަބްދުﷲ ޝާޒްލީ އާއި ހުސެއިން ޝަޔާޒެވެ. އެ ތިން ބޭފުޅުންނަކީ ވެސް ލޯފަން ބޭފުޅުންގެ އިތުރުން ހާފިޒުންނެވެ. ރޭ އެ ތިން ބޭފުޅުންނަށް ސަނަދު ދެއްވީ ރައީސް ސޯލިހެވެ.   

ރައީސް ސޯލިހުގެ ބައްޕާފުޅު، މުހައްމަދު ސޯލިހާއި މަންމާފުޅު މޫމިނާ ހުސެއިންފުޅަށް 17 ބޭފުޅުން ލިބި ވަޑައިގެންފައި ވެއެވެ، އޭގެ ތެރެއިން ހަތަރު ބޭފުޅުން ވަރަށް ތުއްޕުޅު އިރު ވަނީ އަވަހާރަވެފަ އެވެ. އަދި މިހާރު ދުނިޔޭގައި ތިއްބެވީ އެއްބަނޑު އެއްބަފާ 11 ބޭފުޅުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.