ބީއެމްއެލުން ސްޓާޓަޕް ގްރާންޓަށް އެދެން ހުޅުވާލައިފި

ސްޓާޓަޕް ގްރާންޓަށް ހުށަހެޅުމުގެ ސުންގަނޑިއަކީ ޖުލައި 2، 2023 ވަނަ ދުވަހުގެ ރޭ ދަންވަރު 12:00 އެވެ. ސްޓާޓަޕް ގްރާންޓް ކާމިޔާބު ކުރާ ފަރާތް ހޮވާނީ ދެ މަރުހަލާއަކަށް ބަހާލައި ހަރުދަނާ އިވެލުއޭޝަން ޕްރޮސެސްއަކަށް ފަހު އެވެ.

ބީއެމްއެލް އިން ކުދި ވިޔަފާރިތައް ކުރިއަރުވައި އާ ވިޔަފާރިވެރިން އުފައްދަން ހިތްވޭރު ދޭ -- ބީއެމްއެލް
  •  ކޮންމެ ވިޔަފާރިއަކަށް 500،000 ރުފިޔާ ދޭނެ

ބޭންކް އޮފް މޯލްޑިވްސް އިން މި އަހަރުގެ "ބީއެމްއެލް ސްޓާޓަޕް ގްރާންޓް" އަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބީއެމްއެލް ސްޓާޓަޕް ގްރާންޓް އަކީ އުފެދެމުން އަންނަ ވިޔަފާރިވެރިންނަށް ރާއްޖޭގައި އަލަށް ވިޔަފާރިއެއް ފަށަން ނުވަތަ ހިންގަމުންދާ ވިޔަފާރިއެއް ކުރިއެރުވުމަށް އަމާޒުކޮށް ދޫކުރާ ހިލޭ އެހީ އެކެވެ. މި އަހަރު ދެ ވިޔަފާރިއެއް ހޮވައި، އޭގެ ތެރެއިން ކޮންމެ ވިޔަފާރިއަކަށް 500،000 ރުފިޔާ ދޭނެ އެވެ. މީގެ އިތުރުން އެ ވިޔަފާރިތަކުން ހުށަހަޅާ ޕްލޭނާ އެއްގޮތަށް ކާމިޔާބު ކަމާއެކު ވިޔަފާރި ފަށައި، ހިންގުމަށް ބޭނުންވާ ފައިނޭންޝަލް އެޑްވައިސް ބޭންކުން ދޭނެ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ސްޓާޓަޕް ގްރާންޓްގެ އެހީގައި ރާއްޖޭގައި ކުރިއަރަމުންދާ ސްޓާޓަޕް ކޮމިއުނިޓީ އަށް އެހީތެރިވެ، އަލަށް ފަށާ ވިޔަފާރިތައް ކާމިޔާބު ވިޔަފާރިތަކަށް ހަދައިދޭން ފަހި ފުރުސަތުތަކެއް ހޯދައިދޭން މަސައްކަތްކުރާ ކަމަށެވެ. 

"އަޅުގަނޑުމެންގެ އެސްއެމްއީ ޓީމުގެ އިރުޝާދުގެ ދަށުން މިދިޔަ އަހަރު ސްޓާޓްޕް ގްރާންޓް ކާމިޔާބު ކުރި ވިޔަފާރިތައް އަންނަނީ ވިޔަފާރިތައް ފެށުމުގެ މަސައްކަތް ކުރަމުން. އަޅުގަނޑުމެން އެދެނީ މި އަހަރު ވެސް އީޖާދީ، ދެމެހެއްޓެނެވި ޕްރޮޕޯސަލްތަކެއް ހުށަހެޅިގެންދިއުން." މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވި އެވެ.

ސްޓާޓަޕް ގްރާންޓަށް ހުށަހެޅުމުގެ ސުންގަނޑިއަކީ ޖުލައި 2، 2023 ވަނަ ދުވަހުގެ ރޭ ދަންވަރު 12:00 އެވެ. ސްޓާޓަޕް ގްރާންޓް ކާމިޔާބު ކުރާ ފަރާތް ހޮވާނީ ދެ މަރުހަލާއަކަށް ބަހާލައި ހަރުދަނާ އިވެލުއޭޝަން ޕްރޮސެސްއަކަށް ފަހު އެވެ. 

  •  ހުށަހެޅުމުގެ ސުންގަޑި: ޖުލައި 2، 2023 ވަނަ ދުވަހުގެ ރޭ ދަންވަރު 12:00
  •  ގްރާންޓް ކާމިޔާބު ކުރާ ފަރާތް ހޮވާނީ ދެ މަރުހަލާއަކުން
  •  އެެޕްލިކޭޝަނާއި ޝަރުތުތަކާއި ޕްރޮސެސްގެ މައުލޫމާތު ބޭންކުގެ ވެބްސައިޓްގައި
ބީއެމްއެލް އިން ކުދި ވިޔަފާރިތައް ކުރިއަރުވައި އާ ވިޔަފާރިވެރިން އުފައްދަން ހިތްވޭރު ދޭ -- ބީއެމްއެލް

ފުރަތަމަ މަރުހަލާގައި ބިޒްނަސް ޕްލޭންތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ ފާހަގަ ކޮށްލެވޭ ފަރާތްތައް ޝޯޓްލިސްޓް ކުރާނެ އެވެ. ދެވަނަ މަރުހަލާގައި ޝޯޓްލިސްޓްވި ފަރާތްތަކުން އެފަރާތުގެ ވިޔަފާރިއާ ގުޅޭ ޕްރެސެންޓޭޝަން، އިވެލުއޭޝަން ކޮމިޓީއަށް ހުށަހަޅާނެ އެވެ.

ބީއެމްއެލް ސްޓާޓަޕް ގްރާންޓް ތައާރަފު ކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގުނު މުޖުތަމައަށް ފައިދާހުރި 12 ހަރަކާތުގެ ތެރެއިންނެވެ. މި ހިލޭ އެހީގެ ދަށުން މިދިޔަ އަހަރު ބޭންކުން ވަނީ ހަތަރު ވިޔަފާރިއަކަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.