މިފްކޯގެ ރިޖެކްޝަން ސާފު ޖަވާބެއް ނުލިބުމުން ނަޝީދުގެ ނުރުހުން މިނިސްޓަރަށް

ރައީސް ނަޝީދު ވިދާޅުވީ ރިޖެކްޓު މަހުގެ ހިސާބު ބެލެއްޓުމަކ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އޮތް ކަމެއް ކަމަށް މީގެ ކުރިން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

މިނިސްޓަރު ޑރ. ހުސައިން ރަޝީދު

މިފްކޯގެ ރިޖެކްޝަން ރޭޓާ ބެހޭ ގޮތުން ކުރި ސުވާލަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންގެ ސީދާ ޖަވާބެއް ނުލިބުން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަމާ ނުރުހުން ފާޅު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އެ ސުވާލު ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) އެވެ. މިނިސްޓަރު ޖަވާބު ދެއްވީ ލިޔުމުންނެވެ.

ޖަވާބު ފިޝަރީޒް މިނިސްޓަރު މަޖިލީހަށް ފޮނުއްވި ޖަވާބުގައި ބުނެފައި ވަނީ އެއީ މިނިސްޓްރީން ބަލަހައްޓަމުންދާ މައުލޫމާތެއް ނޫން ކަމަށެވެ. އެއީ މިފްކޯގެ ވިޔަފާރިއާ ގުޅުންހުރި، އެ ކުންފުނީގެ މައުލޫމާތެއް ކަމުން، އެއް ކުންފުނިން އެ މައުލޫމާތު ބަލަހައްޓާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ ކުންފުންޏަކީ މިނިސްޓްރީގެ ދަށުގައި އޮތް ތަނެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.

ޑރ. ހުސައިންގެ ޖަވާބު މަޖިލީހުގައި އިއްވުމާއެކު، ރައީސް ނަޝީދު ވަނީ ވަރަށް ބޮޑަށް ނުރުހުންވެ، ވާހަކަދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ މިނިސްޓަރަށް "ބެހޭ ކަންކަމާ ނުބެހޭ ކަންކަން" ކަނޑައަޅާނީ ވަޒީރު އަމިއްލައަށް ނޫންކަމަށެވެ.

"ވަޒީރު ވިދާޅުވެފައި ވަނީ އެ ބޭފުޅާއާ ބެހޭ ކަމެއް ނޫންކަމަށް. ދެން އަޅުގަނޑުމެން މަޖިލީހުން މިހާރު ބަލަމުން މި ދަނީ އެ ބޭފުޅާއާ ހަވާލުކޮށްފައިވަނީ ކޮން މަސައްކަތެއްތޯ. އެ ބޭފުޅާއާ ބެހޭ ކަންތައްތަކާ ނުބެހޭ ކަންތައް ކަނޑައަޅާނީ އެބޭފުޅާއެއް ނޫން." ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރިޖެކްޓު މަހުގެ ހިސާބު ބެލެއްޓުމަކ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އޮތް ކަމެއް ކަމަށް މީގެ ކުރިން ފާހަގަކުރެވިފައިވާ ކަމަށެވެ. އެފްޕީއައިޑީއާ ހިސާބުން، މިއަދާ ހަމައަށް، މަސް ރިޖެކްޓު ކުރީ ކަމަށް ބުނެ، އޮޅުވާލުމުގެ އެތައް މައްސަލައެއް ފާހަގަ ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. 

އެމަނިކުފާނު ވިދާޅުވީ އެއީ ކޮންމެހެން ވެސް ބަލަހައްޓަންޖެހޭ މައުލޫމާތެއް ކަމަށެވެ. އަދި އެކަމަކީ ފިޝަރީޒް މިނިސްޓްރީއާ ބެހޭ ކަމެއްތޯ މަޖިލީހުން ބަލާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.