ވެރިކަމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލު ކޮށްލައިގެން ނޫނީ ދެން ވެރިކަން އެމްޑީޕީއަށް ނުލިބިދާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހާއި އެމްޑީޕީގެ ވެސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ފަހު އެ މަނިކުފާނުގެ މި ވާހަކަފުޅު ހިއްސާ ކުރެއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގްރޫޕެއްގައި ލިޔުއްވެވި މެސެޖެއް މެދުވެރި ކޮށެވެ.
ވެރިކަމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލު ކޮށްލައިގެން ނޫނީ ދެން ވެރިކަން އެމްޑީޕީއަށް ނުލިބިދާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހާއި އެމްޑީޕީގެ ވެސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ފަހު އެ މަނިކުފާނުގެ މި ވާހަކަފުޅު ހިއްސާ ކުރެއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގްރޫޕެއްގައި ލިޔުއްވެވި މެސެޖެއް މެދުވެރި ކޮށެވެ.
އިއްޔެ އޮތް އެ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ވުމުން މަރުހަބާ ވިދާޅުވެ ޝުކުރު އަދާ ކުރެއްވުމާއެކު އެ މެސެޖްގައި އެމަނިފާނު ލިޔުއްވާފައި ވެއެވެެ:
"...އެކަމަކު 50 ޕަސެންޓު ހުރަހެއް ނުކުރި. [ވެރިކަމުގެ ނިޒާމް] ބަރުލަމާނީއަށް ބަދަލު ނުވެއްޖެނަމަ އަޅުގަނޑުމެންނަށް [އެމްޑީޕީއަށް] ވެރިކަމުގައި ނުތިބެވޭނެ،"
ކުރީގެ ރައީސް ވިދާޅުވީ ބަރުލަމާނީއެއްގައި އިންތިހާބު ކާމިޔާބު ކުރަން ރައްޔިތުންގެ 50 ޕަސެންޓް ހޯދަން ނުޖެހޭނެ ކަމަށާއި ބަރުލަމާނީ ނިޒާމަކަށް ބަދަލު ކޮށްގެން ނޫނީ ވެރިކަމުގައި ނުތިބެވޭނެ ކަމަށެވެ.
ރައީސް ނަޝީދަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލު ކުރައްވަން އަބަދު ވަކާލާތު ކުރައްވާ އެކަމަށް ކެމްޕޭނަކާއި ޕެޓިޝަނެއް ވެސް ހިންގަވާ ބޭފުޅެކެވެ. އިއްޔެ ނިމުނު ބައި އިލެކްޝަނާ ގުޅުވައި ނަޝީދު މި މޭރުމުން ވާހަކަފުޅު ދެއްކެވި އިރު އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ލިބި ވަޑައިގަތީ ވޯޓް 48 ޕަސެންޓެވެ. އިދިކޮޅު ޕީޕީއެމްގެ މޫސާ ފަތުހީ 40 ޕަސެންޓް ވޯޓް ހޯއްދެވި އިރު ތިން ވަނަ ކެންޑިޑޭޓް އަބްދުލް ހަންނާނަށް ލިބި ވަޑައިގަތީ 11 ޕަސެންޓެވެ.