ގައްބަރޭ އަމިއްލައަށް ފުލުހަށް ހާޒިރުވެއްޖެ

އެއީ ސީދާ ޒަރީރު އަވަހާރަކޮށްލަން އުޅުނު މައްސަލާގައި ކަމެއް ފުލުހުން ނުބުންޏަސް، ގައްބަރޭ ހޯދަން އިއުލާނު ކުރީ އެ މައްސަލައިގައިކަން ޔަގީން ކުރެވިފައިވެ އެވެ.

ކ. މާލެ/ މއ. ނައިޓްވިލާ، އިބްރާހީމް އަބްދުﷲ (32އ)

މަތިވެރީ ދާއިރާގެ މެންބަރު އަހްމަދު ޒަރީރު އަވަހާރަ ކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ހޯދަން އިއުލާނު ކުރި، ކ. މާލެ / މއ. ނައިޓްވިލާ، އިބްރާހީމް އަބްދުﷲ 32، އަމިއްލައަށް މިއަދު ހެނދުނު ފުލުހުންގެ އިދާރާއަށް ހާޒިރުވުމުން ހައްޔަރު ކޮށްފި އެވެ.

ގައްބަރޭގެ ނަމުން މަޝްހޫރު އިބްރާހިމް އަބްދުﷲ އަކީ އެމްޑީޕީގެ ދާއިރާގެ ރައީސެކެވެ. އޭނާ ހޯދަން އިއުލާނު ކުރީ މި މަހުގެ 15 ދުވަހު އެވެ.

ގައްބަރޭ ހޯދަމުން ދަނީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގައި މީހަކު މަރާލަން އުޅުުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރުމަށްޓަކަ އެވެ.

އެއީ ސީދާ ޒަރީރު އަވަހާރަ ކޮށްލަން އުޅުނު މައްސަލާގައި ކަމެއް ފުލުހުން ނުބުންޏަސް، ގައްބަރޭ ހޯދަން އިއުލާނު ކުރީ އެ މައްސަލައިގައިކަން ޔަގީން ކުރެވިފައިވެ އެވެ.  

ޒަރީރަށް ހަމަލާ ދީ ޒަހަމްކޮށްލީ މާލޭގެ ޓީވީއެމް ކައިރީ ހުންނަ "ހަބީބީ ކެފޭ އެންޑް ބިސްޓްރޯ" ގެ ތެރެއިންނެވެ.

މޫނު ނިވާ ކުރުމަކާ ވެސް ނުލައި މެންބަރުގެ ކުރިމައްޗަށް އަރައި އެރޭ ފުރަތަމަ ހަމަލާ ދީފައި ވަނީ އަތް އިސްކޮށްގެނެވެ. އޭގެ ފަހުން ސިކުނޑިއާ ދިމާވާ ގޮތަށް އޭނާގެ ބޮލުގެ ފުއްކިބައިގައި މަރުތޭލަކުން ޖަހައިގެނެވެ. އެ ހަމަލައަށް ފަހު ޒަރީރުގެ ހަށިގަނޑުގެ އެތަން މިތަނުގައި ތަޅައި އަނިޔާ ކޮށްފައި ނުކުމެގެން ދިޔައީ އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.