ދާންދޫން ފިލި މީހާ އޮޑި ހަރުގެއެއްގައި ފިލާ އޮއްވާ އަތުލައިގެންފި

ދާންދޫ ފުލުގެ ހައްޔަރުގައި ހުއްޓާ މީހަކު ފިލި އިރު މީގެ 16 ދުވަސް ކުރީން މި މަހުގެ ހަވަނަ ދުވަހު އއ. ރަސްދޫގައި ވައްކަމެއްގެ ތުހުމަތަށް ފުލުހުންގެ ހައްޔަރަށް ގެންގޮސްފައި ހުރި މީހަކު ވެސް ފިލައިގެން ގޮސްފައި ވެއެވެ. "

ދާންދޫގައި ފުލުހުންގެ ބަންދުން ފިލި ސޯބިރު އަތުލައިގެން ފުލުހަށް ގެންދަނީ

ގއ. ދާންދޫ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ރޭ ފިލި، ހަސަން ސޯބިރު، 49، އޮޑިހަރުގެއެއްގައި ފިލާ އޮއްވާ އަތުލައިގެންފިއެވެ.

އެ ރަށު ކައުންސިލުގެ ރައީސް މުހައްމަދު އާސިފް ވަނީ ސޯބިރު ހޯދައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ފޮޓޯ އާއި، ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވާފަ އެވެ. 

ފުލުހުން ބުނިގޮތުގައި މަސްތުވާތަކެތީގެ މައްސަލައެއްގައި ދާންދޫން ރޭ ހައްޔަރަށް ނަގައި އެ ރަށުގެ ފުލުސް ސްޓޭޝަނަށް ގެންދިޔަ ސޯބިރު ފިލީ ދަންވަރު 12:57 ގައެވެ. 

ދާންދޫ ފުލުގެ ހައްޔަރުގައި ހުއްޓާ މީހަކު ފިލި އިރު މީގެ 16 ދުވަސް ކުރީން މި މަހުގެ ހަވަނަ ދުވަހު އއ. ރަސްދޫގައި ވައްކަމެއްގެ ތުހުމަތަށް ފުލުހުންގެ ހައްޔަރަށް ގެންގޮސްފައި ހުރި މީހަކު ވެސް ފިލައިގެން ގޮސްފައި ވެއެވެ. "ރަސްދޫ އަތޮޅު" ގެ އެ މީހާ ފިލީ ހައްޔަރު ގޮޅީން ބޭރަށް ނެރެފައި ހުއްޓަ އެވެ. އެ މީހާއަކީ ޝަރީއަތް ނިމެންދެން ބަންދުގެ މުއްދަތު ކޯޓުން ދީފައި ހުރި މީހެކެވެ.

ރަސްދޫ މީހާ ހޯދާފައި ވަނީ ފިލަން މޫދަށް ފުންމާލައިގެން ގޮސް، ކައިރި ރަށެއްގެ ފަޅު ތެރޭގައި އޮއްވަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.