މާސްޓާކާޑަކީ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސާ އެވެ. ބީއެމްއެލް އަކީ ރާއްޖޭގައި މާސްޓާކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މާސްޓާކާޑު ކަސްޓަމަރުންނަށް ހުޅުވާލި ޕްރޮމޯޝަންގައި ހުރިހާ ހަރަދަކާއެކު ދެ މީހަކަށް އިސްތަންބޫލްގައި އޮންނަ ޔޫއެފްއާ ޗެންޕިއަންސް ލީގު ފައިނަލް މެޗް ބަލާލަން ދިޔުމުގެ ފުރުސަތު ލިބުނު ފަރާތް ގުރުއަތުން ހޮވައިފި އެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވެ ހާއްސަ އެ ދަތުރަށް ހޮވުނު ފަރާތަކީ ހުދާ ހުސެއިން ހަބީބެވެ.
މި ޕްރޮމޯޝަން ކުރިޔަށް ގެންގޮސްފައި ވަނީ ބީއެމްއެލް އިން ދޫކޮށްފައިވާ މާސްޓާކާޑު މެދުވެރިކޮށް ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކުރާ ހުރިހާ މުއާމަލާތްތަކެއް ހިމެނޭ ގޮތަށެވެ.
މާސްޓާކާޑަކީ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސާ އެވެ. ބީއެމްއެލް އަކީ ރާއްޖޭގައި މާސްޓާކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. ބީއެމްއެލުން އަންނަނީ ރާއްޖޭގައި މާސްޓާކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ވެސް ދޫކުރަމުންނެވެ.