ދާންދޫން ހައްޔަރަށް ގެންދިޔަ މީހަކު ފިލައިފި

ދާންދޫން ރޭ ހައްޔަރަށް ނަގައި އެ ރަށުގެ ފުލުސް ސްޓޭޝަނަށް ގެންގޮސްފައި އިންދާ މީހަކު ފިލީ ރޭ ދަންވަރު 12:57 ގައެވެ.

ގއ، ދާންދޫ

ގއ. ދާންދޫގައި ގާއިމުވެ އޮންނަ ފުލުސް އިދާރާއަށް ހާޒިރު ކޮށްފައި އިން މީހަކު ފިލައިފި އެވެ.

ކިހިނެއް ހިނގިކަމެއް؟ - ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ބުނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ދާންދޫން ރޭ ހައްޔަރަށް ނަގައި އެ ރަށުގެ ފުލުސް ސްޓޭޝަނަށް ގެންގޮސްފައި އިން މީހަކު ރޭ ދަންވަރު 12:57 ގައި ފިލާފައިވާ ކަމަށެވެ. އަދި ބުނީ އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ދާންދޫ ފުލުގެ ހައްޔަރުގައި ހުއްޓާ މީހަކު ފިލައިގެން ހޯދަމުން އަންނަ އިރު މީގެ 16 ދުވަސް ކުރީން މި މަހުގެ ހަވަނަ ދުވަހު އއ. ރަސްދޫގައި ވައްކަމެއްގެ ތުހުމަތަށް ފުލުހުންގެ ހައްޔަރަށް ގެންގޮސްފައި ހުރި މީހަކު ވެސް ފިލައިގެން ގޮސްފައި ވެއެވެ. "ރަސްދޫ އަތޮޅު" ގެ އެ މީހާ ފިލީ ހައްޔަރު ގޮޅީން ބޭރަށް ނެރެފައި ހުއްޓަ އެވެ. އެ މީހާއަކީ ޝަރީއަތް ނިމެންދެން ބަންދުގެ މުއްދަތު ކޯޓުން ދީފައި ހުރި މީހެކެވެ. 

ފަސްފަހަތް - ފުލުހުންގެ ބަންދުން މީހުން ފިލުން ރާއްޖޭގައި އެހާ އާންމެއް ނޫނެވެ. އެހެން ނަމަވެސް ޖަލުން މީހުން ފިލުމުގެ ހާދިސާތައް ރާއްޖޭގައި ވެސް ހިނގަ އެވެ.

ކޮމެންޓް

1
450
ދާންދޫ މީހާ؛
1 year ago

ފުލުސް އޮފީހުގަ އިންދާ ފިލީ؟ ދެން ކޮބާތަ އެތާ ތިބި ފުލުހުން.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.