ރައީސް ނަޝީދު ދިއްދޫއަށް ވަޑައިގެންފި

ރައީސް ނަޝީދު ދިއްދޫއަށް ވަޑައިގެންފައި ވަނީ ތިލައުތުރު އެވޯޑް ދިނުމުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށެވެ.

ރައީސް ނަޝީދު ދިއްދޫއަށް ވަޑައިގަތުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ތިލަންދުންމަތީ އުތުރުބުރީ ވެރިރަށް ދިއްދޫއަށް ވަޑައިގެންފި އެވެ.

ރައީސް ނަޝީދު ދިއްދޫއަށް ވަޑައިގެންފައި ވަނީ ތިލައުތުރު އެވޯޑް ދިނުމުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށެވެ.

އެމަނިކުފާނަށް ދިއްދޫ އިން ހޫނު މަރުހަބާއެއް ދަންނަވާފައިވެއެވެ. ރަށްރަށުގެ ކައުންސިލްގެ ރަައީސުންނާއި މެންބަރުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވި އެވެ. އަދި ދިއްދޫގެ ގިނަ ބަޔަކުވެސް ޖަމާވެފައި ވެއެވެ.

ރައީސް ނަޝީދު ދިއްދޫއަށް ވަޑައިގަތުން

ނަޝީދު، ދިއްދޫއަށް ވަޑައިގެންފައި މިވަނީ އެމަނިކުފާނު ރައީސްކަން ކުރައްވާ އެމްޑީޕީ ވަރަށް ބޮޑަށް ބައިބައިވެ އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.

އެމަނިކުފާނަށް ވަފާތެރި މަޖިލީހުގެ 13 މެންބަރަކު ވަނީ އެމްޑީޕީއާ ފެޔަށް ޖެހިވަޑައިގެންފައެވެ. އެ މެންބަރުން އިސްވެ އާ ޕާޓީއެއް އުފެއްދުމަށް މިއަދު ހުއްދައަށް ވެސް ވަނީ އެދިފައެވެ.

އަނެއްކޮޅުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ރައީސް ނަޝީދު ދުރުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ބެލެވެއެވެ.

ރައީސް ނަޝީދު ދިއްދޫއަށް ވަޑައިގަތުން

ދިއްދޫއަކީ އެމްޑީޕީގެ ތާއީދު ބޮޑު ރަށެކެވެ. އެ ޕާޓީގެ ފިކުރު ބޮޑު އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ގިނަ ރަށެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.