ދުވާފަރު ބޮޑު ހިޔާނާތް: ޕީޖީގެ ވިސްނުމަކީ ނަސޭހަތް ދިނުން

ޕީޖީ އޮފީހުން މިއަދު ބުނީ އެ އޮފީހުގެ ވިސްނުން ހުރީ ކުށަށް އިއުތިރާފުވުމުގެ އެއްބަސްވުމެއް / ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށެވެ. ނަމަވެސް އެކަމުގައި އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ. ފަހުން ތަފްސީލް ހާމަ ކުރާނެ ކަމަށްވެސް ބުންޏެވެ.

ދުވާފަރު ކައުންސިލްގެ ބައްދަލުވުމެއް: އެންމެން ގުޅިގެން ބޮޑު ހިޔާނާތެއްވި

ރ. ދުވާފަރު ކައުންސިލުގެ ބައެއް މެންބަރުންނާއި ކައުންސިލް އިދާރާގެ ބައެއް މުވައްޒަފުން އެކުވެގެން ވި ބޮޑު ހިޔާނާތުގެ މައްސަލައިގައި 8 މީހެއްގެ މައްޗަށް ދައުވާކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުގައި އެދުނު މައްސަލާގައި ކުށަށް އިއުތިރާފުވުމުގެ އެއްބަސްވުމެއް / ނަސޭހަތުގެ އެއްބަސްވުމެއް ހަދަން ވިސްނަމުންދާ ކަމަށް ޕީޖީ އޮފީހުން ބުނެފި އެވެ.

ލާމަރުކާޒީ ގާނޫނާއި މާލިއްޔަތު ގަވާއިދާ ހިލާފަށް ނަގުދު ފައިސާ ދުވާފަރު ކައުންސިލުން ނަގައި ކައުންސިލް މެމްބަރުންނާއި މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ފައިސާ ޖަމާކޮށް ހަރަދުކޮށްފައިވެ އެވެ. އެ މައްސަލަ އޭސީސީން ވަނީ ތަހުގީގު ކޮށްފައެވެ. މި ހިޔާނާތް ކުރިއަށް ގެންގޮސްފައި ވަނީ ކޮވިޑް-19 އިގެ ދުވަސްވަރު އެވެ.

  •  ނެގި ފައިސާގެ އަދަދު 2.1 މިލިއަނުން މަތި
  •  ފައިސާ ނަގައިގެން ލޯނު ދޫކުރަމުން ދިޔަ
  •  މައިގަނޑު ގޮތުގައި ލޯނު ދޫކޮށްފައި ވަނީ ސައިކަލް ގަންނަން

ދުވާފަރު ކައުންސިލުގައި ހިމެނޭ ބައެއް މެންބަރުންނާއި ކައުންސިލް އިދާރާގެ ބައެއް މުވައްޒަފުންނާއި އެ ރަށު ޑަބްލިޔުޑީސީގެ ބައެއް މެންބަރުން އަމިއްލަ އެކައުންޓުތަކަށް ކައުންސިލުގެ ބަޖެޓުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށް ބޭނުން ކޮށްފައިވާ ކަމަށް އެލްޖީއޭގެ ރިޕޯޓުން ދައްކަ އެވެ. އުސޫލުން ބޭރުން އެމީހުންގެ އެކައުންޓްތަކަށް ޖަމާކުރި ފައިސާ އާއި ނަގުދު ފައިސާގެ އަދަދު 2.1 މިލިއަން ރުފިޔާއިން މައްޗަށް އުފުލިފައި ވެއެވެ. މިއީ ރަށެއްގެ ކައުންސިލް ތެރެއިން އައި މިފަދަ އެންމެ ބޮޑު ހިޔާނާތެވެ.

އޭސީސީން މިއަދު ބުނީ ލޯކަލް ގަވާމަންޓް އޮތޯރިޓީން އެކުލަވާލި ދުވާފަރު ކައުންސިލްގެ ހާއްސަ މޮނިޓަރިން ރިޕޯޓަކުން ފާހަގަވި ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން 12 މީހެއްގެ މައްސަލަ ތަހުގީގުކޮށް ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާ އަށް ފަހު ދައުވާ ކޮށްދިނުމަށް ނިންމާފައިވާ އަށް މީހުންގެ ތެރޭގައި އެ ކައުންސިލްގައި އޭރު ތިބި މެންބަރުންނާއި ބައެއް މުވައްޒަފުން ހިމެނެއެވެ.

  • 1.ދުވާފަރު ކައުންސިލްގެ ރައީސް ހަސަން ހަކީމް
  • 2.ކައުންސިލްގެ ނާއިބު ރައީސް އިޒްމީލް އަހްމަދު
  • 3.ކައުންސިލްގެ އޭރުގެ މެންބަރު އަހްމަދު ސަމޫހު
  • 4.ކައުންސިލްގެ މެންބަރު މުހައްމަދު ޝާމް
  • 5.ކައުންސިލްގެ މެންބަރު ޒުހުދާ އާދަމް
  • 6.ކައުންސިލްގެ މެންބަރު އާމިނަތު ސަލާހް
  • 7.ސެކްރަޓަރީ ޖެނަރަލް މުހައްމަދު ނާސިހް
  • 8.ކައުންސިލް އިދާރާގެ އޭރުގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު އަލީފުޅު

މި އެންމެންގެ މައްޗަށް ވެސް ދައުވާކޮށްދިނުމަށް އެދިފައިވަނީ ގާނޫނުލްއުގޫބާތުގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށާއި ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށުގެ އިތުރުން ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ އެ އޮފީހުގެ ވިސްނުން ހުރީ ކުށަށް އިއުތިރާފުވުމުގެ އެއްބަސްވުމެއް / ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށެވެ. ނަމަވެސް އެކަމުގައި އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ. ފަހުން ތަފްސީލް ހާމަ ކުރާނެ ކަމަށްވެސް ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.