ކުޑަހުވަދޫ މީހާ މާލެތެރޭން ފެނިއްޖެ

މިހެން ގެއްލޭ މީހުންގެ ތެރެއިން ގިނަ މީހުން ފެނެ އެވެ. އެފަދަ ގިނަ މީހުން އުޅެފައި ވަނީ ކޮންމެވެސް ކަމަކާ ގުޅިގެން ފިލައިގެނެވެ.

ގެއްލިގެން ހޯދަމުންދިޔަ ދ. ކުޑަހުވަދޫ، ދިލްކަޝްވިލާ / އަލީ އާތިފް ސާފީ

ގެއްލިގެން ހޯދަމުން ދިޔަ ދ. ކުޑަހުވަދޫ، ދިލްކަޝްވިލާ / އަލީ އާތިފް ސާފީ ފެނިއްޖެ އެވެ.  

ފުލުހުން ބުނީ އަލީ އާތިފު ސާފީ، 30 ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އޭނާ މާލެތެރެއިން ފެނުނު ނަމަވެސް އޭނާ އުޅުނު ތަނެއްވެސް، އަދި އޭނާ ފެނުނު ގޮތެއް ވެސް އެ އިދާރާއަކުން ނުބުނެ އެވެ. 

އަލީ އާތިފް ސާފީ ގެއްލިގެން ހޯދާން ފެށީ މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން އަލީ އާތިފް ސާފީގެ ހަބަރެއް ނުވުމުން އާއިލާގެ ފަރާތުން ދ. ކުޑަހުވަދޫ ފުލުހަށް މެއި 15 ވަނަ ދުވަހު އެކަން ރިޕޯޓް ކޮށްގެނެވެ.

ފަސްފަހަތް - މީހުން ގެއްލުން މަދެއް ނުވެއެވެ؛ މިދިޔަ ހަފުތާގައި ވެސް މާލެ ތެރޭން މީހަކު ގެއްލިގެން ހޯދަން އިއުލާނު ކުރި އެވެ. އެއީ ފުވައްމުލަކު ޒުވާނެއް ކަމަށްވާ ހަސަން ޖަމީލު 30، އެވެ. އޭނާ ހޯދަމުން ދަނިކޮށް ފެނުނީ މީގެ ހަތަރު ދުވަސް ކުރީންނެވެ. އޭނާ ގެއްލުނީ މެއި ނުވަ ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އާންމު ގޮތެއްގައި މިހެން ގެއްލޭ މީހުންގެ ތެރެއިން ގިނަ މީހުނާއި ކުޑަކުދީން ފެނެ އެވެ. އެފަދަ ގިނަ މީހުން އުޅެފައި ވަނީ ކޮންމެވެސް ކަމަކާ ގުޅިގެން ފިލައިގެނެވެ. ބައެއް މީހުން ފެންނަނީ ގެސްޓްހައުސްތަކުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.