ކަނޑުގެ މައްސަލާގައި އިލްމުވެރީންގެ ގުޅުމުން ބޮޑެތި ހުށައެޅުންތަކެއް ރައީސަށް

އިލްމުވެރިންގެ ގުޅުމުގެ އިސްނެގުމާ އެކު އީއީޒެޑް މައްސަލައިގައި ސަރުކާރުގެ ނިންމުމާއި ދެކޮޅު ފަރާތްތަކާ އެކު ސަރުކާރުން ޕަބްލިކް ޑިބޭޓަކަށް ދިއުމަށްވެސް އެދިފައިވެއެވެ.

ރައީސް ސޯލިހް، އިލްމުވެރީންގެ ގުޅުމުގެ ބޭފުޅުންނާއެކު ބައްދަލު ކުރައްވަނީ

އިޓޮލްސް އިން ރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދު ބެހުމާމެދު ނިންމާފައިވާ ނިންމުމާމެދު ހުރި ކަންބޮޑުވުންތަކާއެކު އިލްމުވެރީންގެ ގުޅުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި މިއަދު ބައްދަލު ކުރައްވައިފި އެވެ. 

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ބައްދަލްވުމަށް ފަހު އިލްމުވެރީންގެ ގުޅުމުން ބުނީ ދޮޅު ގަޑިއިރުގެ ބައްދަލްވުމުގައި އިލްމުވެރީންގެ ފަރާތުން ރައީސް ސޯލިހަށް ތިން ކަމެއް ހުށައަޅާފައިވާ ކަމަށެވެ.

އެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއާ ހިއްސާ ކުރުމާއި ރާއްޖޭ ހާއްސަ އިގްތިސާދީ ސަރަހައްދު ކަމަށް ގާނޫނުގައި ބަޔާންކޮށްފައި ސަރަހައްދާ މެދު އިޓްލޮސް އިން ނިންމާފައިވާ ނިންމުން މުރާޖައާ ކުރުމަށް ހުށައެޅުމާއި އިލްމުވެރިންގެ ގުޅުމުގެ އިސްނެގުމާ އެކު އީއީޒެޑް މައްސަލައިގައި ސަރުކާރުގެ ނިންމުމާއި ދެކޮޅު ފަރާތްތަކާ އެކު ސަރުކާރުން ޕަބްލިކް ޑިބޭޓަކަށް ދިއުމަށް އެދިފައިވެއެވެ.

އިލްމުވެރީންގެ ގުޅުމުގެ މި ހުށައެޅުންތަކާމެދު ސަރުކާރުން ރަސްމީކޮށް އަދި ވަކި އެއްޗެއް ނުބުނެ އެވެ. ބައްދަލްވުމުގައި އެކަންކަމާއި ގުޅޭ ގޮތުން ދެކެވުނު ވާހަކަތަކެއް ސަރުކާރުންވެސް އިލްމުވެރީންގެ ގުޅުމުންވެސް ހާމައެއް ނުކުރެ އެވެ.

ރައީސް ސޯލިހްގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާވެސް ބައްދަލު ކުރުމަށް އިލްމުވެރީންގެ ގުޅުމުން ވަނީ އެދިފައެވެ.

ރައީސް ސޯލިހް، އިލްމުވެރީންގެ ގުޅުމުގެ ބޭފުޅުންނާއެކު ބައްދަލު ކުރައްވަނީ

ޗާގޯސްގެ ސިޔާދަތީ ބާރު އޮންނަނީ މޮރިޝަސްއަށް ކަމަށް އައިސީޖޭ އިން ނިންމުމުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ވަނީ މޮރިޝަސްއާއި ރާއްޖެއާ ފުށުއަރާ ސަރަހައްދު ބަހައިފަ އެވެ. އެ ނިންމުމުން ރާއްޖޭގެ އީއީޒެޑުން ބޮޑު ބައެއް ގެއްލިފައިވާ ކަމަށް އިދިކޮޅު ޕާޓީތަކާއި ގާނޫނީ ވަކީލުން ދެކެވަޑައިގަންނަވައެވެ.

ޗާގޯސްގެ ސިޔާދަތީ ބާރުވެރިކަން އޮތީ މޮރިޝަސްއަށް ކަމަށް ގަބޫލުކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ ގައުމުގެ ބޮޑު ވަޒީރަށް ފޮނުއްވި ސިޓީ ހޯދަން ރައްޔިތުންގެ މަޖިލީހަށްވެސް ކުރީން އޮތީ ހުށައަޅާފައެވެ.

ނަމަވެސް ސިޓީ ހާމަކުރަން ސަރުކާރުން ދަނީ ދެކޮޅު ހަދަމުންނެވެ.

އިޓްލޮސްގެ ނިންމުމާއެކު ފުށުއަރާ ސަރަހައްދުން ރާއްޖެ އަށް 47،232 އަކަ ކިލޯމީޓަރު ލިބެ އެވެ. މޮރިޝަސް އަށް ލިބެނީ 45،331 އަކަކިލޯ މީޓަރެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.